ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން ފެމިލީ ހެލްތު ފޯރަމް ތަކެއް ބާއްވައިފި

ސިއްޙީ އާންމު ޙާލަތުގެ މައްޗަށް ބިނާކޮށް މިއަހަރު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ރާއްޖޭގެ 3 ރަށަކަށް އޮންލައިންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
ޅ. ނައިފަރު، ނ. ކުޑަފަރީ އަދި ތ. ހިރިލަންދޫގައި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސްކޫލުތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ގެންދިޔަ ސެޝަންތަކުގައި ޖުމްލަ 194 ބައިވެރިން ބައިވެރިވެފައިވެއެވެ.
ފެމިލީ ހެލްތު ފޯރަމް (އެފް.އެޗް.އެފް) އަކީ ނަފްސާނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާ އަދި ބެލެނިވެރިންނާއި، ސިއްޙީ މާހިރުންނާއި، ކޮމިއުނިޓީ ލީޑަރުން، ސޯޝަލް ސަރވިސް ޕްރޮވައިޑަރުން އަދި މިފަދަ އެހެނިހެން ޚިދުމަތްތައްދޭ ފަރާތްތަކާއެކު އެއްމާޙައުލަކުން ބައްދަލުކޮށް މަޢުލޫމާތު ޙިއްސާ ކުރުމުގެގޮތުން ބާއްވާ ފޯރަމެކެވެ.
2013 ވަނަ އަހަރުއްސުރެ ސްޕެޝަލް އޮލިމްޕިކްސް އިން ކުރިއަށް ގެންދަމުންދާ ފެމިލީ ހެލްތު ފޯރަމް (އެފް. އެޗް.އެފް) އަކީ ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން 45,000 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވަމުން އަންނަ ފޯރަމްއެކެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މިފޯރަމް ހިންގާފައިވަނީ ކެއަރ ސޮސަޓީގެ އެހީތެރިކަމާއެކުގައެވެ.
ކެއަރ ސޮސައިޓީއަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒަމާނުން ސުރެ މެދު ނުކެނޑި ވަރަށް ފުރިހަމައަށް ޚިދުމަތްދެމުން އަންނަ ޖަމްޢިއްޔާއެކެވެ،

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.