މިހާތަނަށް ސާޅިސް ދެ ހާހަށްވުރެ ގިނަ މީހުން ފިޠުރު ޒަކާތް ދައްކައިފި

މިހާތަނަށް ސާޅިސް ދެ ހާހަށްވުރެ ގިނަ މީހުން ފިޠުރު ޒަކާތް ދައްކައިފިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.16 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ 24،429 މީހުން ދެއްކި ފައިސާ ކަމަށެވެ. އަދި އާދައިގެ ހަނޑުލުން ޒަކާތް ދައްކައިގެން 13،974 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ތައިލަންޑް ހަނޑުލުން 1،347 ރުފިޔާ، ބާސްމަތީ ހަނޑުލުން 8،289 ރުފިޔާ ލިބިފައިވާ ކަމަށާއި ރަތް ހަނޑުލުން 210 ރުފިޔާ އާއި އާޓާ ފުށުން 180 ރުފިޔާ، ހުދު ފުށުން 429 ރުފިޔާ މިނިސްޓްރީއަށް ލިބިފައިވާކަމަށްވެސް ބުންޏެވެ.

ފިތުރު ޒަކާތަށް ފައިސާ ދެއްކުމުގެ އިންތިޒާމު އިސްލާމިކް މިނިސްޓްރީގެ އިތުރުން ދިރާގު، އުރީދޫ މޯލްޑިވްސް، އިސްލާމިކް ބޭންކް އަދި ޤައުމީ ބޭންކުންވެސް ހަމަޖައްސައިދީފައެވެ.

މާލެއިން ފިތުރު ޒަކާތް ބަލައިގަންނަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރު ފަހު 13:00 އަށެވެ. ވިލިމާލެއިން މާލެ ސިޓީ ކައުންސިލުގެ ވިލިމާލެ ޔުނިޓުން އަދި ހުޅުމާލެއިން ފިތުރު ޒަކާތް ބަލައިގަންނަމުން ދާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ.

މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސީދާ އިސްލާމިކް އެމިނިސްޓްރީއަށް ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި 767،169 ރުފިޔާ ލިބިފައިވާ ކަމަށާއި ދިރާގު މެދުވެރިކޮށް 45،945 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި  އުރީދޫ މެދުވެރިކޮށް 18،600 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ފިތުރު ޒަކާތް ދެއްކުމުގެ ސުންގަޑިއަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ބަނޑު ކެއުމުގެ ގޮތުގައި ޢާންމުކޮށް ކައިބޮއި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ.

މާލޭގައި ދިރިއުޅޭ މީހުން ޒަކާތުގެ ގޮތުގައި އަގު ދައްކަންޖެހޭނީ އާދައިގެ ހަނޑޫނަމަ 15 ރުފިޔާ އެވެ. އަދި ތައިލެންޑު ހުދު ހަނޑޫނަމަ 45 ރުފިޔާއިންނެވެ. ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ އެވެ. ރަތް ހަނޑުލުން 75 ރުފިޔާ އެވެ. އާދައިގެ ފުށުންނަމަ 15 ރުފިޔާ އެވެ. އަދި އާޓާ ފުށުންނަމަ 60 ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.