
ޔޫއޭއީ އިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފި
ޔުނައިޓެޑް އެރެބް އެމިރޭޓްސް ނުވަތަ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ.
މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެ ޤައުމުން ރާއްޖެއަށް ހަދިޔާކޮށްފައުވަނީ 600 ކޭސް ކަދުރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކަދުރުތައްވެސް ބަހާނީ ސަޢުދީން ދިން ކަދުރު ބަހާ އުސޫލުންކަމަށެވެ. އަދި އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކަދުރުބެހުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.
ކުރީ އަހަރުތަކާއި ޚިލާފަށް މިއަހަރު ކަދުރު ބެހުމުގައި އިސްކަންދެނީ މިދިޔަ އަހަރުގެ ފަޤީރުންގެ ދަފްތަރަށް އިސްކަންދީގެންނެވެ. އެގޮތުން ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓްގެ އުސޫލުން ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ ރަމަޟާން މަހަށް ސަޢުދީ އިންވެސް ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްތަކައި ރަށްރަށުގެ ރަށު ކައުންސިލުތަކުންނެވެ.
ކަދުރު ދޫކުރާނީ ގޭބިސީގެ ސައްހަކަން އަންގައިދޭ ލިޔުމަކާއި އައިޑީކާޑް ގެންދިއުމުންނެވެ.




mi faharu gendhan jeheynee kaiveneege certificate dhow kadhuru kolheh hoadhanves boa halaaku,
މިފަހަރު ތިހެންވެސް ެބަ ލިބޭނު ކުރިން ވަކި ބަޔަކަށް ދިނީ ވަކި މީހެއްގެ ނަމުގަ އެވެސް ފުކެއް ބޮޑުވަރު ދޯ އެއީވެސް