މައުމޫން ފައުންޑޭޝަނުގެ އިހުޔާ ޖަލްސާތައް މިރޭ ފަށަނީ

މައުމޫން ފައުންޑޭޝަނުގެ އިހުޔާ ޖަލްސާތައް މިރޭ ފަށާނެއެވެ.

ކުރީގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ކޮންމެ ރަމަޟާންމަހުކު ކުރިއަށްގެންދާ ’އިޙްޔާ ފޯރަމް“ ގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭ 22:00ގައި ފަށާ މިޖަލްސާގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީވެސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މިރޭގެ މަޢުލޫއަކީ ”އިސްލާމްދީނާއި ޖިހާދު“ މި މައުޟޫއަށެވެ.

މައުމޫން ފައުންޑޭޝަނުގެ އިހުޔާ ޖަލްސާތައް މިއަހަރު އޮންނާނީ މިރެއާއި މިމަހުގެ 21 ވަނަ ދުވަހުގެ ރެއާއި 28 ވަނަ ދުވަހުގެ ރެއެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މިއަހަރުގެ ރަަމަޟާންމަހުގެ މުނާސަބަތުގައި އެ ފައުންޑޭޝަނުން ނެރެފައިވާ ފޮތް ”ހެޔޮކަމާއި ތަގުވާގެ މައްސަރު“ މިރޭ ބާއްވާ ޖަލްސާގައި ގަންނަން ލިބެންހުންނާނެ ކަމަށެވެ. އަދި އަގަކީ 50 ރުފިޔާ ކަމަށެވެ.

މި ފޮތުގައި ބަރަކާތްތެރި ރަމަޟާންމަހާއި އެމަހުގެ ރޯދައާއި އެކަމާ ގުޅިފައިވާ ބައެއް މުހިންމު ކަންކަމާބެހޭ އަސާސީ މަޢުލޫމާތު ހިމަނާފައިވާ އިރު، ރަމަޟާންމަހުގެ މާތްކަމާ ބެހޭގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ޝާޢިރުން ހައްދަވާފައިވާ ޅެންތަކެއްވެސް ހިމަނާފައިވާނޭކަމަށްވެސް އެ ފައުންޑޭޝަނުން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.