
މެސީގެ އާރެކޯޑެއް….
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ހޯދިމޮޅާއެކު މެސީ އިތުރު ރެކޯޑެއް ހަދައިފިއެވެ.
ރޭ ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 0-4 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރި އިރު އުކުޅުވަޅަށް ލިބުނު އަނިޔާއާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި އެޓީމުގެ ފޯވާޑް ލޮއޮނެލް މެސީ ވަނީ ވަނީ މެޗުގެ ފަހުހާފުގައި ކުޅެން އަރާފައެވެ.
މެސީ ކުޅެން އަރާ ވަނީ ލަނޑެއްވެސް ޖަހާފައެވެ. މި ލަނޑާއެކު މެސީވެގެން ގޮސްފައިވަނީ އަމިއްލަ ދަނޑުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މި ރެކޯޑް ކުރިން އޮތީ އެތްލެޓިކް ބިލްބާއޯގެ ކުރީގެ ފޯވާޑް ޓެލްމޯ ޒައްރާއަތުގައެވެ. އޭނާ ވަނީ 179 ގޯލް ޖަހާފައެވެ. ރޭގެ މެޗުގައި މެސީވަނީ ބާސެލޯނާގެ ދަނޑުގައި ޖެހި ގޯލްގެ އަދަދު 180އަށް އަރުވާލާ މި ރެކޯޑް މުގުރާލާފައެވެ.
ލަލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަނީ މެސީ އަތުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
2004 ވަނަ އަހަރު ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެންފެށި މެސީ ވަނީ މިހާތަނަށް އެޓީމަށް ޖުމްލަ 354 މެޗު ކުޅެދީ 317 ލަނޑު ކާމިޔާބުކޮށްދީފައެވެ.



