
ބީޗު ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށަނީ
ބީޗް ހޭންޑްބޯލް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ބޭސިކް ބީޗް ހޭންޑްބޯލް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މިއީ މި ވުޒާރާއިން މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަން އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ 2 އޮކްޓޯބަރުން ފެށިގެން 11 އޮކްޓޯބަރާ ހަމައަށެވެ.
މި ކޯހަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ފުރާ 30 ފަރާތަކަށެވެ. އަދި ފޯމުފުރާ ފަރާތްތަކުގެ ތެރެއިން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ސެޕްޓެމްބަރެވެ.
މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.



