ޒީރޯ ޕްލާސްޓިކް ރަންގަ ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ”ޒީރޯ ޕްލާސްޓިކް“ ރަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ބޭއްވި މި ހަރަކާތަކީ އައި.ސީ.އެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދުގެ މި ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއާއި ދިފާޢީ ވަޒީރުމާރިޔާ އަޙްމަދު ދީދީ އާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ޢާނުްމުންގެ ގިނަ ބަޔަކު ވަނީ ދުވެފައެވެ.

ހުޅުމާލޭގައި 5 ކިލޯ މީޓަރުގެ ރާސްތާއަކަށް ބޭއްވި މި ދުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އިކޯ ފްރެންޑްލީ މެޑަލް އެއްވެސް ވަނީ ދީފައެވެ. އަދި މި ދުވުމުގެ ބައިވެރިން ދުވުމުގައި ސިންގަލް ޔޫސް ޕްލާސްޓިކް އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ކޮށްފައެއްވެސް ނުވެއެވެ.

މިއަދުގެ ދުވުން ކުރިއަށް ދިޔަ އިރު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކަލެކްޓު ކުރުމަށް ޚާއްޞަ ޕޮއިންޓުތަކެއް ޤާއިމްކޮށްފައިވާ އިރު، އެފަދަ ތަކެތި މި ތަންތަނާ ހަވާލުކުރުމުން ރިސައިކަލް ކުރުމަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ދުވުން ކުރިއަށް ދިޔަ އިރު، މަގުމަތިން ފެންނަ ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް ނަގައި، މި ޕޮއިންޓުތަކަށް ވަނީ ގެންގޮސްފައެވެ.

މި ދުވުން ނިންމާލުމަށްފަހު ބައިވެރިން ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ކުރާ ހުވައެއް ކޮށްފައެެވެ.

އައިސީއެސް އިން ބުނީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓުވެންދެން މި ދުވުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އައިސީއެސް މޯލްޑިވްސް އަކީ ރާއްޖޭހައި ހިންގަމުން އަންނަ ކޮންސަލްޓެންސީ ކުންފުންޏެކެވެ. މީގެ ކުރިން އައިސީއެސް އިން ވަނީ ”ކްލީނިންގ ކުއެސްޓު“ގެ ނަމުގައި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުތައްވެސް ކުރިއަށް ގެންގޮސްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.