އުރީދޫއިން ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފި

ދިވެހި ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.

މީގެ އިތުރުން އެލައިޑް އިންޝުއަރަންސް އާއި ގުޅިގެން އެކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި ޢާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ދަނޑިވަޅުތަކުގެ ތެރޭގައި ޤުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދިއުމާއި އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕަރމަނަންޓް ޑިސްއެބިލިޓީ އަދި އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަލް ޑިސްއެބިލިޓީ ހިމެނެއެވެ.

މި ޚިދުމަތާއިބެހޭގޮތުން އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންނަށް ފައިދާކުރާފަދަ އައު ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް އަހަމިއްޔަތުދޭ ކަމަށާއި ލައިފް އިންޝުއަރަންސް އަކީ، ޢާއިލާއަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ ޢާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް ކަމަށެވެ.

“ ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން.“ ނަޖީބު ޚާން ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ އަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގުވަޒަން ކުރުމަށް ތަޢާރަފް ކުރެވިފައިވާ ރިވާރޑް ސްކީމެކެވެ. މިގޮތުން ހުރިހާ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް އެލައިޑްގެ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ހިލޭ އުރީދޫ އިން ފޯރުކޮށްދޭނެއެވެ.

މި ޚިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއަރ ލައުންޖަށް ޒިޔާރަތް ކުރައްވައިގެންވެސް ރަޖިސްޓަރ ކުރެވޭނެއެވެ.

ލައިފް އިންޝުއަރަންސްގެ ޚިދުމަތް ހެޔޮ އަގެއްގައި އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން އެލައިޑް އިންޝުއަރަންސާއެކު ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ކައިރި މުސްތަޤްބަލެއްގައި އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ހިއްސާ ކުރާނެ ކަމަށްވެސް އުރީދޫ އިން ބުންޏެވެ.

ލައިފް އިންޝުއަރަންސްގެ ޚިދުމަތް ހޯދައި ކްލެއިމްކުރުމަށް އަދި ޕެކޭޖާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް  https://www.ooredoo.mv/club-premier/ އަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.