ފޮރިން މިނިސްޓަރ ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ ޖެނުއަރީ މަހުގެ 26އިން 29 އަށް ކުރެއްވެވި ދަތުރުފުޅެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

މިނިސްޓަރ ފުރާވަޑައިގަތުމުގެ ކުރިން އިނިގރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމަންވެލްތު އެންޑް ޔޫ.އެން ލޯޑް އަހްމަދް އޮފް ވިމްބެލްޑަންއާ ފޮރިން އެންޑް ކޮމަންވެލްތުގެ އޮފީހުގައި ބައްދަލުކުރެއްވިއެވެ. އަދި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ދަ ރައިޓް އޮނަރަބަލް މާރކް ފީލްޑްއާ ވެސް ބައްދަލުކުރެއްވިއެވެ.

މިބައްދަލުވުންތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު އެ ބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. އަދި ލަންޑަންގައި ހުންނަ ރާއްޖޭގެ މިޝަން އިތުރަށް ވަރުގަދަ ކުރުމަށް ރެޒިޑެންޓް ސަފީރެއް ލަންޑަނުގައި ބެހެއްޓެވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވާ ނިންމުން އެބޭފުޅުންނާ ހިއްސާ ކުރެއްވިއެވެ.

ހަމައެހެންމެ، އިނގިރޭސިވިލާތުގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވުމަށް އެޤައުމުގެ ސަރުކާރުން ނިންމެވި ނިންމެވުން މިނިސްޓަރ ޝާހިދު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި 29 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ އޮފް ކޮމިނިއުޓީ އޮފް ޑިމޮކްރަސީސްގައި މިނިސްޓަރ ޝާހިދު ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރިމަތިވި ގޮންޖެހުންތައް ބަޔާންކުރައްވާ، ދިވެހިން އަލުން ކޮމަންވެލްތާ ގުޅުމަށް އުއްމީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

28 ޖެނުއަރީ 2019 ގައި މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ކަމަށްވާ މިނިސްޓަރ އޮފް ޓްރޭޑް ޕޮލިސީ އޮނަރަބަލް ޖޯޖް ހޮލިންގްބެރީއާ އިނގިރޭސިވިލާތުގެ ޕާލަމެންޓް މެމްބަރުންކަމަށްވާ ހެލެން ގްރާންޓްއާ، ޗެއަރ އޮފް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕްގެ ސަރ ޑޭވިޑް އަމެސްއާ، ސަރ ހޫގޯ ސްވެޔަރ މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ލަންޑަނަށް ވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުވުންތަކުގެ ތެރޭގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބަރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑްއާ ބައްދަލުކުރައްވާ ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅުއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެކަމަނާ އަރިހުގައި އެދިވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.