އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިކަމަށް އެދި ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑު ކޮޕީ އާއި ރެވެނިއު ސްޓޭމްޕާއި އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓާއި ޕާސްޕޯޓު ސައިޒު ފޮޓޯ ކުލަކޮށް ސްކޭން ކުރުމަށްފަހު ފޮނުވަންޖެހޭނީ ޖޭޕީއީޖީ ފޯމެޓުގައި ކަމަށެވެ. އަދި ފޮޓޯގެ ސޮފްޓު ކޮޕީ އެޓޭޗުކުރުމާއި އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަންބަރު ޖަހަން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ އީމެއިލުން ޕާސްޕޯޓަށް އެދޭއިރު، ސްކޭން ކޮށްފައި ސްޓޭމްޕް މެއިލްކުރުމާއި ޕާސްޕޯޓަށް ފައިސާދައްކަން އަންނައިރު ސްޓޭމްޕް ގެނައުމުންވެސް ރަނގަޅުވާނެ ކަމަށެވެ. އަދި އީމެއިލް ކުރާނީ  pp@immigration.gov.mv އަށް ކަމަށެވެ.

އެހެންނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި ހަލާކުވެފައިވާ ޕާސްޕޯޓާއި ސެކަންޑް ޖެނެރޭޝަން ޕާސްޕޯޓުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވުމަށް 8 މަހަށްވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ޢާންމުގޮތެއްގައި ކޮންމެ ދުވަހަކުވެސް 50-70 އާ ދެމެދު ޢަދަދެއްގެ ޕާސްޕޯޓު ދޫކުރިނަމަވެސް ސްކޫލު ބަންދު ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.