
ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކައްދުއަށް ފައިބައިވަޑައިގެންނެވުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޖަމާވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ލ.ގަމުގައި ޓީ.އެފް.ޖީ.އިން ބާއްވާ މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



