ކިއުކަންބާ ؟ ފައިދާހުރި ތަރުކާރީގެ ބާވަތެއް…!

ކިއުކަންބާއޭ ބުނުމުން ނުދަންނަ މީހަކު ރާއްޖޭގައި ނުހުންނާނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކިއުކަމްބާއަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވަރަށް އާންމު ތަރުކާރީ އެކެކެވެ. ރާއްޖޭގައިވެސް ހެދޭ އަދި ހައްދާ ބާވަތެކެވެ. ގިނަ މީހުން ގިނައަދަދަކަށް ބޭނުންކުރާ ބާވަތެކެވެ. ކިއުކަންބާ އަކީ ސިއްޙީގޮތުން އެތަކެއް  ފައިދާތަކެއް ލިއްބައިދޭ ތަރުކާރީއެކެވެ.

ކިއުކަމްބާއިން ލިބޭ ބައެއް ސިއްޚީފައިދާ:.

އިޝްތިހާރު Below Header ad

ކިއުކަންބާއަށް ބަލާލާއިރު މީގެ %95 އަކީ ފެނެވެ. މީގެ އިތުރުން ވިޓަމިން ކޭ އަދި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭ ތަރުކާރީއެކެވެ. ކިއުކަންބާގެ ތެރެއިން އެންމެ ފައިދާ ބޮޑީ ގަދަ ފެހި ކުލައިގައި ހުންނަ ކިއުކަންބާ އެވެ. ކިއުކަންބާއިން ލިބޭ ބައެއް ސިއްޙީ ފައިދާ ތަކުގެ ތެރޭގައި ހުޅުހުޅުގައި ރިއްސުން ކުޑަކޮށް ދިނުމާއި ކޮލެސްޓްރޯލް ދަށް ކޮށްދިނުމުގެ އިތުރުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. މީގ އިތުރުން ކާބޯ ތަކެތި ހަޖަމު ވުމުގައި އެހީތެރިވެ ދިނުމާއި ބޮލުގައި ރިއްސުމަށްވެސް ފަރުވާއަކަށް ކިއުކަމްބާ ފުދެއެވެ. އަދި މީގެ އިތުރުން ކެންސަރުން ދުރުކޮށްދީ ހަށިގަނޑުގައި ހުންނަންވާ ވަރަށް ފެނުގެ މިންވަރު ދަމަހައްޓައިދީ އިސްތަށިގަނޑު ވަރުގަދަ ކޮށްދިނުމަށްވެސް ކިއުކަމްބާގެ އެހީތެރިކަން ބޮޑެވެ. އަދި މީގެ އިތުރުން ހަކުރު ބަލިން ދުރުކޮށްދޭ އަދި ލޭ މައްޗަށް ދިއުމުން ވެސް ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކިއުކަމްބާއިން ގައިގެ ހަންގަނޑަށް ލިބޭ ބައެއް ފައޮދާތަށް:.

ކިއުކަންބާ އަކީ ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ބާވަތެކެވެ. އަދި މީގެ އިތުރުން ހަންގަނޑު ތާޒާކަންމަތީ ބަހައްޓައިދޭންވެސް ކިއުކަމްބާ އެހީތެރިވެދެއެވެ.

މީގެ އިތުރުން ގައިގެ ހަންގަނޑަށް އިތުރު އަލިކަމެއް ގެނެސްދިނުމާއި އަވީގެ ހޫނުން ހަންގަނޑު ސަލާމަތްކޮށްދިނުމާއި ހޫނު ގަދަވުމުގެ ސަބަބުން ނަގާ އެކި ބާވަތުގެ ބިހި ނުވަތަ އެލާޖިކު ފަދަ ކަންކަމުން ސަލާމަތް ވުމަށް އެހީތެރިވެދެއެވެ. އަދި މީގެއިތުރުން ހަންގަނޑަށް ރޫ ޖެހުމުން ދުރުކޮށްދިނުމާއި ލޯ ކައިރި ކަޅުވުމުން ދުރުކޮށްދިނުމުގެ އިތުރުން ހަންގަނޑު ތެޔޮވުމުން ދުރުކޮށްދީ އަދި އޮށާޅަ ނެގުމުންވެސް ދުރުކޮށްދެއެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.