ޕްރައިމަރީ ހެލްތުކެއަރ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެން ދިއުމަކީ އުއްމީދެއް: ހެލްތު މިނިސްޓަރ

ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމަށް، މި ފެށުނު ހަރުދަނާ ބިންގަލުގެ މަތީ ކުރިއަރައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި މަސައްކަތް ފެށިގެންދިއުން ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، ފ. އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއާ ރަސްމީކޮށް ފެށުމަށް އެ އަތޮޅު ނިލަންދޫގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މި ފަށާ ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމަކީ އާ ނިޒާމެއް ނޫން ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، މިއީ ހަނދާނުގައި ހުންނާނެ ކަންކަން ކަމަށާއި، ރައްޔިތުންގެ ޞިއްހީ ޙާލަތު ބަލައި، ޞިއްހީ ގޮތުން ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުމަށް ހެލްތު ވޯކަރުން ކުރީގައި ގޭގެއަށް ގޮސް ސީދާ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރީ ސިއްހީ ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ލަފާ ހޯދަމުންކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭން ބަލިތައް ކޮންޓްރޯލްކޮށް އަދި ބައެއް ބަލިތައް ނައްތާލުމުގެ އެންމެ ބުރަ އެންމެ އަސާސީ މަސައްކަތްތައް ކުރެއްވީ ސިއްހީ މަރުކަޒުތައް ބިނާ ކުރެވި، ގިނަ ހިދުމަތްތައް ރައްޔިތުން މަރުކަޒަށް އައިސްގެން ފަރުވާ ހޯދާގޮތަށް ބަދަލުވެގެންކަމަށެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ އަށް އިހްމާލުވެ ފަރުވާ ކުޑަކުރެވުން ކަމަށެވެ. އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ މައުލޫމާތާއި ދުރާލާ ބަލިތަކުން ރައްކާތެރިވުމުގެ ވިސްނުމާއި ރައްޔިތުން ދުރުވިކަމަށެވެ.
މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަންނީ ލަފައާއި ޔުނިސެފްގެ އެހީތެރިކަމާއި އެކު މިދިޔަ އަހަރުން ފެށިގެން ވަނީ މަޝަވަރާ ކޮށްފައިކަމަށާއި، ނަތީޖާއެއްގޮތުން ސަރުކާރުން ނިންމާފައިވަނީ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން ދިރުވާ އާލާކުރުމުގެ މަސައްކަތަށް ހާއްސަ އަހައްމިއްޔަތެއް ދީގެން ވީހާވެސް އަވަހަށް ފެށުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ސަރުކާރުން މި ފެށި ޕްރައިމަރީ ހެލްތު ކެއަރ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ޔުނިސެފުން ވެދެއްވަމުންގެންދަވާ އެހީތެރިކަން ވެސް ފާހަގަކުރައްވާފައެވެ.
އަދި މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ދުރު ވިސްނުންފުޅާ އެކު ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަބަދުވެސް ބައްލަވާކަމަށެވެ. އަދި ސިޔާސަތު ތަކަކީ ރައްޔިތުންގެ އަދާއި މާދަމާގެ ދުޅަހެޔޮކަމާއި ފާގަތިކަމާ ހަމަޖެހުމުގެ މައްޗަށް ރިއާޔަތް ކުރެވިފައިވާ ސިޔާސަތުތަކެއް ކަމުގައި ހެއްދެވުމަށް ކަމަށް މަސައްކަތްކަތް ކުރައްވަވާކަމަށެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.