އަޅުގަނޑުގެ ނަޒަރުގައި ދުނިޔޭގައިވާ ރީތި ބައެއް ތަންތަން..

ދުނިޔޭގައިވާ ރީތި ތަންތަން ބަލައިލަން ދިއުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ދެކޭނެ ހުވަފެނެކެވެ.

އެހެންނަމަވެސް ތިމާއުޅޭ މާޙައުލު ނޫން އެހެންތަންތަނުގެ ތެރެއިން ރީތި ތަނެއް ނުވަތަ ދާންވީތަނެއް ފާހަގަ ކުރުމަކީ އުނދަގޫ ކަމެކެވެ. ހުރިހާ ތަނަކީވެސް ރީތި، ހިތްގައިމު ތަންތަނެވެ. ބަލާލުމަށް ހިތްއެދޭ ތަންތަނެވެ.

އިޝްތިހާރު Below Header ad

އަޅުގަނޑު މިފަހަރު މިބަލައިލަނީ އަޅުގަނޑުގެ ނަޒަރުގައި މުޅި ދުނިޔެއިންވެސް ނަގާލެވޭ އެންމެ ރީތި ތަންތަނުގެ ލިސްޓުގައި ހިމެނޭ 10 ތަނެވެ. މި ތަންތަނަކީ މި އާޓިކަލް ކިޔަމުންދާ ފަރާތްތަކަށް އެންމެ ބޭނުން ތަންތަނަށް ނުވެދާނެއެވެ.

މައްސަލައެއް ނޫންތާއެވެ. އެކި މީހުންގެ ނަޒަރަކީ ތަފާތު އެއްޗެއް ކަމުން މިއީ އަޅުގަނޑުގެ ލިސްޓެވެ. ފަހަރުގައި މި ލިސްޓާއި އެއްބަސްވާ ބަޔަކު ތިބުމަކީވެސް އެކަށީގެންވާ ކަމެއްތާއެވެ. ކޮންމެއަކަސް ލިސްޓައިގެން ކުރިއަށް ދަމާ ހިނގާށެވެ.

white-heavan

  1. ވައިޓްހޭވަން ބީޗް (ވިޓްސަންޑޭއައިލެންޑް)

ވިޓްސަންޑޭ އައިލެންޑްގައި އޮންނަ ވައިޓްހޭވެން ބީޗަކީ ހުދު ދޮންވެއްޔަށް މަޝްހޫރު ތަނެކެވެ. ދިގުމިނުގައި  7 ކިލޯމީޓަރުގެ ހުންނަ މި ބީޗަށް އެއާލައި ބީޗު، ޝިއުޓް ހާބަރު އަދި ހެމިލްޓަން އައިލެންޑްގެ ޕޯޓުތަކުން ބޯޓުގައި ދެވެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ކުއްތާ ފަދަ ތަކެތި ގެންދިއުން މަނާ މި ބީޗަށް ސީއެންއެން އިންވަނީ ދުނިޔޭގެ އެންމެ ތިމާވެއްޓާއި ރަށްޓެހި ބީޗުގެ ލަޤަބު ދީފައެވެ.

westing-maui

  1. ވެސްޓިންގ މައުއީ ރިސޯޓް އެންޑް ސްޕާރ (ހަވާއީ)

ހިތްގައިމު ލޮބީއަކާއި ވޯޓަރފޯލްތަކާއި ޕޫލްތައް ކައަނަޕަލީ ރިސޯޓަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔާ އިރު، އެ ރިސޯޓުގެ ވަށައިގެންވަނީ ހުސް ރީތިކެމެވެ. މިއީ ޚިދުމަތްވެސް ރަނގަޅު، ވަރަށް ފެންވަރުގެ ސްޕާރއަކާއި ސްވިމިންގ ޕޫލްތަކަކީ މި ރިސޯޓުގެ ޚާއްޞަކަން އިތުރުވެގެންދާ ކަމެކެވެ. ދަ ވެސްޓިންގ މައުއީ ރިސޯޓް އެންޑް ސްޕާރ، ކައަނަޕަލީއަކީ ރީތި ހުދު ދޮންވެލީގެ ކައަނަޕަލީ ބީޗުގައި ޤާއިމްކޮށްފައިވާ ރިސޯޓެކެވެ.

fairy-pools

  1. ދަ ފެއަރީ ޕޫލްސް އޮން ދަ އައިލް އޮފް ސްކައީ (ސްކޮޓްލޭންޑް)

ސްކޮޓްލޭންޑްގެ އައިލް އޮފް ސްކައީއަށް ދާނަމަ އެންމެ ރަނގަޅުވާނީ އެތަނުގެ ފެއަރީ ޕޫލްސްއަށް ޒިޔާރަތްކުރުމެވެ. ދަ ފެއަރީ ޕޫލްސް ހުންނަނީ އައިލް އޮފް ސްކައީގެ ކުއިލިން ހިލްސްގައެވެ. ދަ ފެއަރީ ޕޫލްސް އަކީ ސާފު، ފިނި ޕޫލްތަކާއި ވޯޓަރފޯލްތަކަށް ޖުމްލަކޮށް ދެވިފައިވާ ނަމެކެވެ.

marble-cavens

  1. މާރބުލް ކެވާންސް އޮފް ކަރޭރާ ލޭކް (ޗިލީ)

ޗިލީގެ ޕެޓެގޯނިއާގައި ހުންނަ އެޒުއާ ޓެމްޕަލް، ލޭކް ޖެނެރަލް ކަރޭރާ އަކީ ދުނިޔޭގެ އެންމެ ރީތި ހޮހޮޅަ ނެޓްވޯކްގެ ނަން ދެވިފައިވާ ޤުދުރަތީ އަޖައިބެކެވެ. ޤުދުރަތީ ގޮތުން ހެދިފައިވާ ފެން ހުންނައަޒުއާ ޓެމްޕަލްގެ މާރބުލް ހޮހޮޅަތަކުގެ ފާރުތަކަށް ބެލުމުން ދުނިޔޭގެ ޖޯގްރަފީގެ ފުރިހަމަކަން އެނގިގެންދާނެއެވެ.

shahara-brodge

  1. ދަ ޝަހާރާ ބްރިޖު (ޔަމަން)

މިއީ 17 ވަނަ ޤަރުނުގައި ފަރުބަދަތަކުގެ މަތީގައި ހުންނަ ރަށްތައް ގުޅުވާލުމުގެ ގޮތުން ބިނާކުރި ބްރިޖެކެވެ. ތުރުކީގެ ހިސާރުވެރިންނާ ޔަމަނުން ހަނގުރާމަ ކުރުމަށްޓަކާ ބިނާކުރި މި ބްރިޖު ކިތަންމެ ބިރުވެރި ބްރިޖަކަށް ވިޔަސް، މި ބްރިޖަކީ ފަތުރުވެރިންގެ ތެރޭގައި ވަރަށް މަޤްބޫލް ތަނެކެވެ.

havasu-falls

  1. އަވަސު ފޯލްސް، ގްރޭންޑް ކެންޔަން ނޭޝަނަލް ޕާކް

އަވަސު ފޯލްސްއަކީ ދުނިޔެ މަތީގައިވާ ސުވަރުގެއެއްފަދަ ތަނެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ރީތި، ހައިރާންކުރުވަނިވި ފެންއާރު ހުންނަނީ އެރިޒޯނާގެ އެކަހެރި ކެންޔަންއެއްގައެވެ. މި ފެންއާރުތަކާއި ތަހުޒީބީ ދުނިޔެއިން އެކަހެރިވެފައިވާ އަވަސުޕާއި އިންޑިއަން ރިޒަރވޭޝަންގެ މީހުން ބަލައިލުމަށް ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިންނެއް އެތަނަށް ޒިޔާރަތް ކުރެއެވެ. އެތަނުގެ ފެނަކީ ފެހިނޫ ފެނަކަށްވާތީ، އަވަސުޕާއިގެ މީހުން ވަރަށް ފުންކޮށް ފެނާއި ބިމަށް ލޯބިކުރެއެވެ. އެއީ އެމީހުންނަށް މުޤައްދަސް އެއްޗަކަށްވާތީ ކަމަށްވެއެވެ.

fiau-jufuru

  1. ފިއާއުޖުފުރު ކެންޔަން (އައިސްލޭންޑް)

އައިސްލޭންޑްގެ ދެކުނު އިރުމަތީގައި އޮންނަ މި ކެންޔަންއަކީ 100 މީޓަރު ފުން އަދި ދެ ކިލޯމީޓަރު ދިގު ތަނެކެވެ. އަދި އޭގެތެރެއިން ފެންއާރެއް ހިނގަހިނގައި އޮންނަ މި ކެންޔަން ހުންނަނީ ރިންގް ރޯޑް ކައިރީގައެވެ. މި ކެންޔަން އުފެދުނީ އައިސްފެންގަނޑުތަކުން އޮހޮރެމުންދިޔަ ފެނުގެ ސަބަބުން ފަސްގަނޑު ގިރުމުގެ ސަބަބުން އެތައް މިލިއަން އަހަރަކުންނެވެ.

arang-kell

  1. އަރަން ކެލް، ނީލަމް ވެލީ (ކަޝްމީރު)

މި ރީތި، ފެހި އަވަށް އޮންނަނީ ކަޝްމީރުގެ ނީލަމް ވެލީގެ ފަރުބަދައިގެ އެންމެ މަތީގައެވެ. އެއީ ގާތްގަނޑަކަށް ނީލަމް ކޯރަށްވުރެ 1500 ފޫޓު މަތީގައެވެ. ރީތި މަންޒަރުތަކުން ފުރިފައިވާ އެފަދަ ރީތި ތަނެއް ކަޝްމީރުން ދެން ނުފެންނާނޭ ބުނުމަކީ ދޮގުހެދުމަކަށް ނުވާނެއެވެ. އަރަންގް ކެލް ބަލާލުމަށްޓަކާ ނީލަމް ވެލީއަށް ޒިޔާރަތްކޮށްލަށްވާށެވެ.

dark-hedges

  1. ދަ ޑާކް ހެޖެސް (ނޮދަން އަޔަލޭންޑް)

މިއީ ނަލަނަލަ ގަސްތަކުން ފުރިފައިވާ ސަރަޙައްދެކެވެ. ސްޓްއާޓް ޢާއިލާއިން 18 ވަނަ ޤަރުނުގައި އެގަސްތައް އިންދީ އެތަނަށް ޒިޔާރަތްކުރާ މެހެމާނުންގެ ލޮލަށް ރީތި މަންޒަރެއް ހެދުމެވެ. ދަ ޑާކް ހެޖެސްއަކީ ނޮދަން އަޔަލޭންޑްގައި އެންމެ ގިނައިން ފޮޓޯނަގާފައިވާ ޤުދުރަތީ މަންޒިލަށް ވާއިރު، ކޮންމެ އަހަރަކުވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން އެތަނަށް ޒިޔާރަތްކުރެއެވެ.

masah-hotel

  1. މާސާ މެޓްރާ (މިޞްރު)

މާސާ މެޓްރާއަކީ މިޞްރުގައިވާ ފަތުރުވެރިންގެ ވަރަށް މުހިންމު މަންޒިލެކެވެ. އެއީ ޔޫރަޕްގެ މީހުންނަށް ހޫނު މޫސުމުގައި ފަސޭހައިން ޒިޔާރަތްކޮށްލެވޭ ރިސޯޓަކަށްވާ އިރު، އެތަނަށް ދެވެނީ މާސާ މެޓްރާ އެއަރޕޯޓުންނެވެ. އެ ސިޓީ މަޝްހޫރުވެފައިވަނީ ހުދު މަޑު ދޮންވެއްޔަށާއ މަޑުމައިތިރި ދެފުށްފެންނަ މޫދަށްޓަކައެވެ.

މިއީ މިފަހަރުގެ އަޅުގަނޑުގެ ނަޒަރުގައި ހޮވައިލެވުނު 10 ތަނެވެ. ތިޔަބޭފުޅުން ވަޑައިގަންނަވާނެތަނެއް ނިންމަވާނީ ތިޔަބޭފުޅުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.