ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމަށް އައު އުރަކޮޅު ތައްޔާރުކޮށް ނިމިއްޖެ

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމަށް އައު އުރަކޮޅު ތައްޔާރުކޮށް ނިމިފައިވާ ކަމަށް މަސްޖިދުލް ޙަރަމްއާއި މަސްޖިދުއް ނަބަވީގެ ކަންތައްތައް ބަލަހައްޓަވާ އެންމެ އިސް ފަރާތުން ހާމަ ކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ގެފުޅުގެ ކިސްވާ ބަދަލު ކުރަނީ ޢަރަފާތު ދުވަހުގެ ހެނދުނުއެވެ.

އިޝްތިހާރު Below Header ad

ކާޢްބާގެ ކަންތައްތައް ބެލެހެއްޓުމަށް ޢަބްދުލް ޢަޒީޒް ރަސްގެފާނު އުފައްދަވާފައިވާ ކޮމިޓީގެ ޑިރެކްތަރ ޖެނަރަލް އަޙްމަދު ބުނެފައި ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިއަހަރުވެސް ކިސްވާ ބަދަލު ކުރުމުގެ ކަންތައްތައް ވެސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި ކިސްވާގެ ސަލާމަތާއި ސާފުތާހިރުކަން ކަށަވަރު ކުރުމަށް، ރަސްގެފާނު އެކުލަވާލާފައިވާ ޙާއްސަ ޓީމަކާއި ޓެކްނީޝަނުންގެ ޓީމަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ގެފުޅުގެ އުރަކޮޅު ކަމުގައިވާ ކިސްވާ ތައްޔާރު ކޮށްފައި ހުންނަނީ ސައްތައިން ސައްތަ ފަށުވި ފޭރާމުން. އަދި އުރަކޮޅު ޒީނަތްތެރި ކޮށްފައި ހުންނަނީ ރަނުގެ ރޮދި ބޭނުންކޮށްގެން، އުރަކޮޅުގެ ވަށައިގެން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ވިޔެގެން. އުރަކޮޅު ތައްޔާރު ކުރުމުގައި ހަރަކާތްތެރި ވަނީ ރަސްގެފާނު އެކުލަވާލާފައިވާ އެންމެ ތަޖުރިބާކާރު މީހުންގެ ޓީމަކުންނެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ އޮގަސްޓު މަހުގެ 20 ވަނަ ދުވަސް. އަދި ކިސްވާ ބަދަލު ކުރުމަށް ވެސް ހަމަޖެހިފައި ވަނީ އެދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.