ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރިކުރުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރޭ: ނަޖީބު ޚާން

ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރިކުރުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނަޖީބު ޚާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެ ކުންފުނީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ނެރުއްވި ޚިޠާބެއްގައެވެ.

އިޝްތިހާރު full width ad 1200 x 150

އެ ޚިޠާބުގައި އޭނާ ވިދާޅުވީ އިޖްތިމާޢީ، އިގްތިސާދީ އާ ފުރުޞަތުތަކަށް މަގުފަހިކޮށްދީގެން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެ ކުްނފުނިން ވަނީ މުވާސަލާތީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ފައިދާ ލިބިގަތުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫއިން އިންޓަރނެޓް ސޭފްޓީ ޕްރޮގްރާމާއި އިސް-ރަށްވެހިންނަށް ޑިޖިޓަލް ކަންކަން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި މުޅި ރާއްޖޭއަށް ފެތުރިފައިވާ އަދި އެންމެ ކުރިއަރާފައިވާ 4ޖީ+ ނެޓްވާރކެއް ބިނާ ކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

“ މިނެޓްވޯކް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް، ދިރުއުޅުމަށް ފައިދާ ކުރާފަދަ ޑިޖިޓަލް ޚިދުމަތްތަށް ބޭނުން ކުރުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ. މިދިޔަ އަހަރު އެކަނިވެސް ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަކަށް ބާރުއަޅައިދިނިން. ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށް 8 ޕްލެޓް ފޯމެއް ވަނީ ތަޢާރަފްކޮށްފައި“ ނަޖީބު ވިދާޅުވިއެވެ.

ވަތަނިޔާ މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި ޚިދުމަތް ދޭންފެށި މި ކުންފުނި، ރީބްރޭންޑްކޮށް އުރީދޫ މޯލްޑިވްސްގެ ނަމަށް ބަދަލުކުރީ، 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ކުންފުނީގެ މައި ކުންފުންޏަކީ، ޤަތަރުގެ އުރީދޫ ގްރޫޕެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.