ޚަބަރު ފީތާ

އަންނަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް މަހްރޭޒް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު- ސިޓީ

އަންނަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ ކޮމިޔުނިޓީ ޝީލްޑް މެޗަށް މެންޗެސްޓާ ސިޓީގެ ފޯވާޑް ރިޔާޟް މަހްރޭޒް ފިޓްވެ އެ މެޗުގައި ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ސިޓީން ބުނެފިއެވެ.

ލެސްޓާ ސިޓީ އިން މެންޗެސްޓާ ސިޓީއާ ދާދި ފަހުން ގުޅުނު މަހްރޭޒްގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ޖަރުމަންގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން މެޗުގެ ތެރެއިންނެވެ. އެ އަނިޔާއާ ގުޅިގެން ހެދި ސްކޭންތަކުން މަހްރޭޒްގެ ފައިގެ ކުޑަހުޅަށް އިތުރު ގެއްލުމެއް ލިބިފައިނުވާކަމަށް ސިޓީން ވަނީ ބުނެފައެވެ.

އެހެންކަމުން އަންނަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޝީލްޑް މެޗުގައި މަހްރޭޒްއަށް ކުޅެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލެސްޓާ ސިޓީ ދޫކޮށް އުމުރުން 27 އަހަރުގެ މަހްރޭޒް ސިޓީއަށް ސޮއިކޮށްފައިވަނީ ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 60 މިލިއަން ޕައުންޑަށެވެ.

މަހްރޭޒް ވަނީ ލެސްޓާއާއެކު 2015 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގު އެޓީމަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ އެއަހަރު ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، ލެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޕްރިމިއަރ ލިގުގެ ސަޕޯޓަރުންގެ މެދުގައި ހޮވި އެންމެ މަގުބޫލު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.

Rate this post