ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ މި އަހަރުގެ ދެވަނަ ކުއާޓަރ ކަމަށްވާ އޭޕްރީލުން ޖޫން މަހުގެ ނިޔަލަށް މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށެވެ. އަދި ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 93 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިއަދު ނެރުނު އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން މާރޗު މަހު ނިމުނު މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ފައިދާގެ ގޮތުގައި 46.6 މިލިޔަން ރުފިޔާ ވަނީ ލިިބިފައެވެ.