ޚަބަރު ފީތާ

ލާއޯސްގެ ދެކުނުގެ ސަރަޙައްދެއްގައި ފެން ބޮޑުވެ، 8 މީހުން މަރުވެ، އެތައްބަޔަކު ގެއްލިއްޖެ

ލާއޯސްގެ ދެކުނުގެ ސަރަޙައްދެއްގައި ފެން ބޮޑުވުމުގެ ސަބަބުން 8 މީހުން މަރުވެ، އެތައްބަޔަކު ގެއްލިއްޖެއެވެ.

އެޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ ޚަބަރު ފަތުރާ ވަޞީލަތްތައް ބުނާގޮތުގައި ޑޭމްއެއް ފަޅައިގެންދިއުމުގެ ސަބަބުން ފައިބައިގެންދިޔަ ފެންގަނޑުގެ ސަބަބުން މިހާތަނަށް ވަނީ 8 މީހުން މަރުވެފައެވެ. އަދި 123އަށްވުރެ ގިނަ މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގި ވަނީ ގެއްލިފައެވެ.

މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުގައި 7324 މީހުން ސަލާމަތީ ސަރަޙައްދުތަކަށް ގެންގޮސްފައިވާ އިރު، 3731 މީހުން ވަގުތީ ހިޔާ (ޝެލްޓަރ) ތަކުގައި އެބަތިއްބެވެ. އަދި އޭގެ ތެރެއިން 1407 މީހުން ދިރުއުޅެނީ ވަގުތީ ދެހިޔާގައެވެ.

ލާއޯސްގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުގައި މި ހާދިސާއިން ލިބުނު ގެއްލުން ފޫބެއްދުމަށް 1.2 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

 

Rate this post