ރާއްޖޭގެ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރަނީ..

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިރޭ ކޭތަ ނަމާދުކުރުން އޮންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިރޭ (ޖުލައި 27 ވާ ހުކުރު ދުވަހުގެ ރޭ) ހަނދުކޭތައއް ހިފާނެ ކަމަށެވެ. އަދި މި ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ފަލަކީ ހިސާބުތަކުން ދައްކާގޮތުން މިރޭ ހަނދުކޭތަ ހިފާނީ 22:14 ގައެވެ. އަދި ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ 28 ވާ ހޮނިހިރު ދުވަހުގެ ފަތިހު 04:28 ގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި ހުކުރު ދުވަހުގެ ރޭ 23:30 ގައި ކޭތަ ނަމާދުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި މާލެސިޓީ ސަރަހައްދުގައި އިސްލާމީ މަރުކަޒުގައި ކޭތަ ނަމާދު ކުރާ އިރު، ވިލިމާލޭގައި ކުރާނީ މަސްޖިދުލް އިޚްލާޞްގައި ކަމަށެވެ. އަދި ހުޅުމާލޭގައި ކޭތަ ނަމާދު ކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ ގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.