ޓީއެފްޖީގެ ފަރާތުންް ފައިބެއަހަރުން ފެށިގެން ބާއްވަމުން އަންނަ ގާލާރ ރަން ނުވަތަ ކަލަރ ރަން ހުޅުމާލޭގައި މިއަދު ހެނދުނު ބާއްވައިފިއެވެ.
ޢާއިލާގެ މެމްބަރުބްނާއި ރައްޓެހި ރަހްމަތްރިން އަދި އެކުވެރިންނާއެކު މަޖާ މާޙައުލެއް ޤާއިމުކޮށްދިނުމަށް ބާއްވާ މި ދުވުމުގައި މިއަހަރުވެސް ގިނަ ޢަދަދެއްގެ އެކި ޢުނުރުފުރައިގެ މީހުން ވަނީ ބައިވެރިވެފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި މި ދުވުމަކީ 4 ކިލޯމީޓަރުގެ ދުވުމެކެވެ. އަދި މިއީ ކޮންމެހެން ދުވުން މަޖުބޫރު އިވެންޓެއްވެސް ނޫނެވެ.
ދުވެފަ، ހިނގާފަ، ކަނޑައެޅިގެން ވަކި ވަގުތެއްގައި ނިންމަން ނުޖެހޭ މި އިވެންޓު ނިންމާ ކޮންމެ ބައިވެރިއަކަށްވެސް މެޑެލް ލިބެއެވެ.
މި ދުވުމުގައި 4 ކިލޯމީޓަރުގެ ރާސްތާ ނިންމާ އިރު، ތަފާތު އެކި ތަންތާނގައި ބަހައްޓާފައި ހުންނަ ކުލަ ސްޓޭޝަންތަކުން އެމީހުން ގަޔަށް ކުލަ ޖަހަމުންދާނެއެވެ.
މިއަހަރުގެ ގާލާރ ރަންގައި ބައިވެރިވި ބައެއް މީހުން ބުނީ މިއީ ވަރަށް މަޖާ އަދި ގިނަ އެކުވެރިންތަކެއްވެސް ލިބުނު އިވެންޓެއް ކަމަށެވެ.
މި އިވެންޓުގައި ދުވި ކުޑަ ކުއްޖަކު ބުނީ ވަރަށް މަޖާ ކަމަށާއި އަދިވެސް މިކަހަލަ ދުވުން، ދުވަން ބޭނުން ކަމަށެވެ.
ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބުނީ އަންނަ އަހަރުވެސް މީގެ އިތުރު އިވެންޓެއް ތަފާތުތަކަކާއެކު ބޭއްވުނަށް ނިންމާފައިވާ ކަމަށެވެ.
ފައިބެއަހަރުގެ ގާލާރ ރަން ’އެވްެރީބޮޑީ ރަންސް’ގެ ނަމުގައި ބޭއްވިނަމަވެސް މިއަހަރުގެ ދުވުން ބާއވާފައިވަނީ ’ރަން އިން މޯލްޑިވްސް‘ ސިލްސިލާގެ ދަށުންނެވެ.