ޚަބަރު ފީތާ

ބީއެމްއެލް އަށް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ސާފު ފައިދާ 16 އިންސައްތަ އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު، ސާފު ފައިދާ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން ޢާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ މާލީ ނަތީޖާތައް ދައްކާގޮތުން އެ މިންވަރަކީ 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި މާލީ ގޮތުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ހަ މަސްދުވަހުގެ ޓެކްހަށް ކެނޑުމުގެ ކުރިން 687 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.

ބީއެމްއެލް އިން ބުނީ ފައިބެއަހަރު ރެކޯޑް ޢަދަދެއްގެ ފައިދާއެއް ލިބިފައިވާއިރު، ބޭންކުން ޓެކްނޮލޮޖީ އަދި މުޖްތަމައަށް ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައިވާތީ މިއަހަރުގެ ފައިދާއަށް އަސަރު ކުރާނެކަމަށް އަންދާޒާ ކުރެވުނު ކަމަށެވެ. އެެހެންނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ ހަ މަސްދުވަހުގެ ނަތީޖާ މިވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައި ކަމަށް ބީއެމްއެކް އިން ބުންޏެވެ.

މީގެ އިތުރުން ދޫކުރި ލޯނާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު ހިންގުމުގެ ފައިދާ 7 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުވެސް އެ ބޭންކުން މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ އިރު، މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ މުހިންމު އިންވެސްޓްމަންޓްތައްކޮށްފައެވެ.

Rate this post