ދިހަ މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި

ދިހަ މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ޑިންގީ ބަންޑުން ޖަހާލާފައިވަނީ ހައްދުންމަތީ ބަރެސްދޫ ކައިރިން ކަމަށާއި އެސަރަޙައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ބަރެސްދޫ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:52 އެހާކަންހާއިރު ކަމަށާއި ޑިންގީއިން ދަތުރުކުރި މީހުން މިހާރުތިބީ އެއަތޮޅުގެ ފަޅުރަށެއް ކަމަށްވާ މަހަކަންފުށީގައި ކަަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ގަސްގަނޑު ފިނޮޅާއި ބޮޑުފިނޮޅާއި ދޭތެރެއަށް ޑިންގީ ބަންޑުން ޖަހާލި އިރު، 9 ފިރިހެނުންނާއި އަންހެނަކު އެ ޑިންގީގައި ތިބި ކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިއީ އެމްޑަބްލިއުއެސްސީގެ ސާރވޭއެއް ކުރުމަށް އެ އަތޮޅަށް ދިޔަ ޓީމެއް ކަމަށާއި މި މީހުން ލ. ގަމަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.