ޚަބަރު ފީތާ

ޤާނޫނީ އިމުގެ ބޭރުން ކުރާކަންތައް މީޑިއާގައި ހާމަކުރޭ، ޖަވާބުދާރީވާނަން: އީސީގެ ރައީސް

ޤާނޫނީ އިމުގެ ބޭރުން ކުރާކަންތައް މީޑިއާގައި ހާމަކުރުމަށާއި އެކަންކަމަށް ޖަވާބުދާރީވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އެ ކޮމިޝަނުން ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކޮށްފައިނުވާނެ ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ބެހޭގޮތުން ތަފާތު ވާހަކަ ދައްކަމުންދާ ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ވަރަށް ތަފާތު ވާހަކަ ދައްކާ، ފަތުރަމުން އަންނަކަމަށްވެސް އީސީގެ ރައީސް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ރިޔާސީ އިންތިޚާބާއިމެދު ޝައްކު އުފެއްދުމަށް ކަމަށެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ޤާނޫނުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައިވާކަން މީޑިއާގައި ހާމަކުރުމަށް އީސީގެ ރައީސް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

Rate this post