ޚަބަރު ފީތާ

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިރޭ މޫސުން ގޯސްވާނެ: ސަމާލުވޭ..

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ބ. އަތޮޅުން ފެށިގެން ހައްދުންމައްޗާއި ހަމައަށް މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޓް އެލާރޓް ނެރެފައިވާ ކަމަށެވެ.
އެ އިދާރާ އިން ބުނީ މިރޭ އިރުއޮއްސި 06:30 ން ފެށިގެން މިރޭ 12 ޖެހުމާއި ހަމައަށް އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން އެސަރަޙައްދުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ބުންޏެވެ.

Rate this post