ޚަބަރު ފީތާ

ވެމްކޯ އިން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި

Photo: WAMCO

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ ވެމްކޯއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްލާސްޓިކް ރިސައިކަލް ކުރުމާއިބެހޭ މަޢުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް ހިއްސާކުރުމަށް ކުރިއަށްގެންދާ ސިލްސިލާގެދަށުން ބޭއްވި ހަރަކާތެކެވެ.

އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯ އިން ބުނީ މި ސެޝަންގައި ޣިޔާސުއްދީން އިންޓަރނޭޝަނަލްގެ 59 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއީ އެ ދަރިވަރުންނަށް ވަރަށް ޝައުޤުވެރި ސެޝަނަކަށްވި ކަމަށެވެ.

ބިޒްނެސް ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ މެނޭޖަރ އިސްމާޢިލް އުބައިދު އާއި ބިޒްނެސް ޑިވެލޮޕްމެންޓް އެސިސްޓެންޓް މުޙައްމަދު އަކްރަމް ނަންގަވައިދެއްވި މި ސެޝަންގައި ވަރަަށް ގިނަ ދަރިވަރުންގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށް އޭގެ ޖަވާބު ހޯދާފައިވާ ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

މި ސެޝަންގައި ޕްލާސްޓިކް ރިސައިކަލް ކުރާނެގޮތުގެ މަޢުލޫމާތު ދީފައިވާ ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

 

Rate this post