ރާއްޖޭގެ ފުރަތަމަ ނެޝަނަލް އަކުއަތެލޯންގައި ބީބީ ރަނަރސްއިން ބައިވެރިވަނީ…

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ނެޝަނަލް އަކުއަތެލޯންގައި ބީބީ ރަނަރސްއިން ބައިވެރިވާން ނިންމައިފިއެވެ.

އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބީބީ ރަނަރސްގެ އޮފިޝަލަކު ވިދާޅުވީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލެއަތޮޅު ދިއްފުށީގައި ބާއްވާ އަލުއަތެލޯންގައި ބައިވެރިވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އޮފިޝަލް ވިދާޅުވީ މި ޖުލައި މަހުގެ 21 ވާ ހޮނިހިރު ދުވަހު އޮންނަ މި އެކުއަތެލޯންގައި ބައިވެރިވާ ބީބީ ރަނރސްގެ ޓީމު ދިއްފުއްޓަށް ދިއުމަށް މިއަދު ހަވީރު ފުރާނެ ކަމަށެވެ. އަދި މި ޓީމުގައި ހިމެނެނީ 2 ދުވުންތެރިންނާއި ފެތުންތެރިއެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އިވެންޓުގައި ވާދަކުރާ ފެތުންތެރިޔާއަކީ ސްވިމިންގ އެސޯސިއޭޝަންގެ ބޭފުޅެއް ކަމަށެވެ. އަދި މި އިވެންޓުގައި ބައިވެރިވާ ޓީމުތަކަށް އެސޯސިއޭޝަނުން ފެތުންތެރިންގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މި އިވެންޓުގައި އިންޑިވިޖުއަލް އަދި ޓީމު ކެޓަގަރީވެސް ހިމެނޭ އިރު، އެކިވަނަތަކަށް އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ޓީމު އިވެންޓުގައި ގިނަވެގެން 3 މީހުން ބައިވެރިކުރެވޭ އިރު، މިއަށްވުރެ މަދު ނަމަވެސް ޓީމު އިވެންޓުގައި ބައިވެރިވެވޭނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.
‘ އެކަކު ދުވެފަ، އަނެކަކު ފަތާފަ، ދެންހުރި މީހާ ދުވާގޮތަށްވެސް ޓީމު އިވެންޓުގައި ބައިވެރިވެވިދާނެ. ނޫނީ ފަތަން އެކަކު، ދުވަން އެކަކުވެސް ހެދިދާނެ. ނޫނީ ހުރިހާކަމެއް އެކަކަށްވެސް ކުރެވިދާނެ’ ސްވިމިންގ އެސޯސިއޭޝަނުން ބުންޏެވެ.
ޓީމު އިވެންޓަކީ 2.5 ކިލޯ މީޓަރަށް ދުވެފަ، 1 ކިލޯމީޓަރަށް ފަތާފަ އަދި 2.5 ކިލޯމީޓަރަށް ދުވަންޖެހޭ އިވެންޓެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.