ޚަބަރު ފީތާ

އީސީގެ މެމްބަރުކަަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، މިފުރުޞަތު ހުޅުވައިލައްވާފައިވަނީ، މިއަދުން ފެށިގެން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށެވެ.
ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި، ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައްވެސް، މިއަދު ގެޒެޓް ކުރެއްވި އިޢުލާނުގައި ބަޔާންކުރައްވާފައިވެއެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު، ތިރީގައިއެވާ ލިންކުތަކުން ޑައުންލޯޑް ކުރެވޭނެއެވެ.

Rate this post