ވޯލްޑްކަޕް 2018: ކްރޮއޭޝިއާ އަދި އިންގްލެންޑުގެ ކުރިމަތިލުން

މިހާރު ރަޝިޔާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި މިރޭ ކްރޮއޭޝިއާ އާއި އިންގްލެންޑް ބައްދަލުކުރާއިރު، މި މެޗަކީވެސް ވަރަށް ފޯރިގަދަ ބަލާހިއްވާ މެޗަކަށް ވެގެންދާނެއެވެ. އިނގިރޭސީން ދިގުމުއްދަތަކަށް ފަހު ސެމީފައިންލްައި ވާދަކުރާއިރު، ކްރޮއޭޝިއާ ވެސް އެންމެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަަލެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރުގައެވެ.

މިރޭ ސެމީފައިނަލްގައި ވާދަކުރާ ކްރޮއޭޝިއާ އަދި އިންގްލެންޑަށް ބަލާއިރު، ކްރޮއޭޝިއާ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ރަޝިއާ އަތުން  ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އަދި އިންގްލެންޑް ސެމީ ފައިނަލުން ޖާގަ ހޯދީ ސްވިޑަން އަތުން މޮޅުވެގެނެވެ.

މި މެޗަށް ނުކުންނައިރު، ސްވިޑަންގެ ޑިފެންޑަރ ސިމޭ ވިރްސަލްޖްކޯ އަށް ވަނީ އަނިޔާވެފަ އެވެ. ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާގެ ގޯލްކީޕަރ ޑެނިޔެލް ސުބަސިޗް އަށް އަނިޔާގެ މައްސަލައެއް ދިމާވި ނަމަވެސް، މިރޭގެ މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ.

އިޝްތިހާރު Below Header ad

މި މެޗަށް ކްރޮއޭޝިއާ އަދި އިންގްލެންޑް ނިކުންނައިރު މި ދެޓީމުގެ ކޯޗުންވެސް ވަނީ ބަހުގެ ހަމަލާތަކެއް ދީފައެވެ. އެގޮތުން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ އިންގްލެންޑަށް އެ ޓީމުން އިހުތިރާމް ކުރި ނަމަވެސް، ކްރޮއޭޝިއާ އަށްވުރެ ރަނގަޅު ސްކޮޑެއް އިންގްލެންޑްގައި ނެތް ކަމަށާއި އެހެން ކަމުން މިރޭގެ މެޗުގައި އިންގްލެންޑް ބަލުނުކުރެވެވެންވީ އެއްވެސް ސަބަބެއް ނެއްކަމަށެވެ. އަދި ކްރޮއޭޝިއާ ޖެހިލުންވާވަރުގެ އެއްވެސް ޓީމެއް ނެއްކަމަށްވެސް އޭނާ ބުންޏެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ ކްރޮއޭޝިއާ އާ ދެކޮޅަށް މިރޭ ނިކުންނައިރު މޮޅުކުޅުމެއް ދައްކައިގެން އެޓީމު ބަލިކުރުމަކީ ވެދާނެ ކަމެއްކަމަށާއި ކްރޮއޭޝިއާއަށްވުރެ ހުނަރުވެރި ކުޅުންތެރިން ގިނައީ އިންގްލެންޑުގައި ކަމަށެވެ. އެހެން ކަމުން ކްރޮއޭޝިއާދެކެ ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެއްކަމުގައި ސައުތް ގޭޓް ބުންޏެވެ. ސައުތް ގޭޓަށް މެޗުގެ ކުރިން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ފިޓުކޮށް ތިބުމެވެ. މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކުގައި ވެސް ސްކޮޑުގެ ހުރިހާ ކުޅުންތެރިން ބައިވެފައިވެއެވެ.

މިއީ ކްރޮއޭޝިއާ އާއި އިންގްލެންޑް ބައްދަލުކުރާ އަށް ވަނަ މެޗެވެ. އެކަމަކު ވޯލްޑް ކަޕްގައި މި ދެ ޓީމު މިހާތަނަށް ބައްދަލުކޮށްފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.