ޚަބަރު ފީތާ

ރައީސް ޔާމީން މުލަކަތޮޅަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މުލަކަތޮޅު މުލަކަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރު މުލަކަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މުލަކަށް ކުރައްވާ މިދަތުރުފުޅުގައި އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށު ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި މުލީ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމާއި ކޮޅުފުށީ  ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Rate this post