ވޯލްޑްކަޕް 2018: އުރުގުއޭ އަދި ފްރާންސްގެ ކުރިމަތިލުން

މިހާރު ރަޝިއާގައި ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ފްރާންސް އާއި އުރުގުއޭ ކުރިމަތިލާ މެޗަކީ ކުއާޓާ ފައިނަލްގެ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ އެއް މެޗަށް ވެގެންދާނެ އެެވެ. ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ މި ދެ ޓީމު ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ދެ ޓީމު ކަޓުވާލުމަށް ފަހު އެވެ.

ފްރާންސްއިން ވަރުގަދަ އާޖެންޓީނާ ބަލިކުރުމަށްފަހު ކުއާޓާފައިނަލަށް ދަތުރުކޮށްފައިވާއިރު، އުރުގުއޭ އުއާޓާފައިނަލަށް ދަތުރުކުރީ ވަރުގަދަ ޕޯޗުގަލް ކަޓުވާލުމަށްފަހުގައެވެ.

އިޝްތިހާރު Below Header ad
އުރުގުއޭ މިރޭގެ މެޗަށް ނިކުންނައިރު އެޓީމުގެ ތަރިންނަކީ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ އެޑިސަން ކަވާނީ އާއި ލުއިސް ސުއަރޭޒް ކަމަށް ވިޔަސް ކަވާނީއަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެެދިފައެވެ. ޕޯޗުގަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުނުވާތީ މިރޭގެ މެޗުގައި އޭނާ ނުފެނުން ގާތެވެ. އެހެން ކަމުން ކަވާނީގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެނީ ކްރިސްޓިއަން ސްޓުއާނީ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އުރުގުއޭ އަށް ޖާގަ ހޯދައިދިނުމަށް އެންމެ މުހިންމު ޜޯލެއް އަދާކުރީ ކަވާނީ އެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އުުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ފްރާންސްގެ ފޯވަޑުންގެ ނުރައްކާ ބޮޑުވާނެ ކަމަށާއި އެހެން ކަމުން ފްރާންސްގެ ފޯވަޑްލައިނަށް ޖާގަ ދީފި ނަމަ، އުރުގުއޭ އަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

އާޖެންޓީނާ އަތުން ފްރާންސް މޮޅުވި މެޗުގައި، އެ ޓީމުގެ ޒުވާން ފޯވަޑްްް ކިލިއަން އެމްބާޕޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ދެ ލަނޑު ވެސް ޖަހައިފަ އެެވެ. އެހެންކަމުން، އެމްބާޕޭ އަށް މިރޭގެ މެޗުގައި އުރުގުއޭ އިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބެލެވެއެވެ.

ފްރާންސްގެ ޓީމަށް ބަލާއިރު، އެޓީމުގައި އަނިޔާގެ މައްސަލައެއް ނެތަސް ސަސްޕެންސަނުގެ މައްސަލައެއް އެބަ އުޅެއެވެ. އެގޮތުން މިޑްފީލްޑަރ ބްލައިސް މަޓުއީޑީއަށް މިރޭގެ މެޗުގައި ނުކުޅެވޭއިރު، އޭނާގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ބަޔާން މިއުނިކްގެ ކޮރެންޓިން ޓޮލީސޯ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އުރުގުއޭ އަކީ ތަފާތު ޓީމެއް ކަމަށާއި ، ހާއްސަކޮށް އެޓީމުގެ ޑިފެންސްލައިން ފާހަގަކޮށްލެވޭކަމަށެވެ. އަދި މެޗަށް ތައްޔާރުވާނީ އުރުގުއޭގެ ފޯވަޑް ކަވާނީ ކުޅޭނެ ކަމަށް ބަލައިގެން ކަމަށްވެސް އޭނާ ބުންޏެވެ.

މިއީ އުރުގުއޭ އާއި ފްރާންސް ވޯލްޑް ކަޕްގައި ބައްދަލުކުރާ ހަތަރު ވަނަ ފަހަރުކަމަށްވާއިރު، މި ދެޓީމު ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ބައްދަލުކޮށްފައެއް ނެތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.