އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ވ. އަތޮޅުގައި ސެޝަންތަކެއް ހިންގައިފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން ”އަހަން“ ކެމްޕޭންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވ. އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ.

ވ. އަތޮޅު ފުލިދޫ، ފެލިދޫ އަދި ކެޔޮދޫގެ ގްރޭޑް 4ން 8އާ ދެމެދުގެ ގްރޭޑްތަކުގެ ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން މި ސެޝަންތައް ހިންގާފައިވަނީ މި މަހުގެ 27 އިން 28 އަށެވެ. އަދި މިއީ ޖެންދަރ މިނިސްޓްރީން ކުރިއަށްގެންދާ ”އަހަން“ ކެމްޕޭންގެ ދަށުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސެޝަންތަކުގައި އެކިބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކައުތެރިކުރާނެ ގޮތްތަކާއި ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތްތާއި މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކާއި އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.

IMG 3325

މިނިސްޓްރީއަށް ކޮންމެ މަހަކު ރިޕޯޓުކޮށް އެޓެންޑްކުރާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަމުން 2015 ވަނަ އަހަރު މިނިސްޓްރީން އިފުތިތާހުކުރި ”އަހަން“ ކެމްޕޭން އަމާޒުކުރެވިފައިވަނީ މި ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށެވެ.

މި ކެމްޕޭންގެ ދަށުން މ. އަތޮޅާއި ގދ. އަތޮޅުގެ ހުރިހާ ރަށަކާއި ހދ. ކުޅުދުއްފުށީގައި ވަނީ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.