ޚަބަރު ފީތާ

އައްޑޫ މެރަތަންގައި ބީބީ ރަނަރސްއިން 3 ކެޓަގަރީއަކުން ވަނަ ހޯދައިފި

އައްޑޫ މެރަތަންގައި ބީބީ ރަނަރސްއިން ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދައިފިއެވެ.
އައިރަނަރސްގެ ފަރާތުން އިންްތިޒާމުކޮށްގެން އައްޑޫސިޓީގައި ބޭއްވި ’އައްޑޫ މެރަތަން 2018‘ ގައި ބީބީ ރަނަރސްގެ ދުވުންތެރިން ވަނީ 42 ކިލޯ މީޓަރ (ފުލްމެރަތަން) އާއި 21 ކިލޯ މީޓަރ (ހާފް މެރަތަން) އަދި 10 ކިލޯ މީޓަރގެ އެކި ވަނަތައް ހާޞިލުކޮށްފައެވެ.
އެގޮތުން ފުލް މެރަތަންްގެ 2 ވަނަ ހޯދާފައިވަނީ ބީބީ ރަނަރސްގެ ނައުފަލް ޢީސާ އެވެ. މިއީ ދިގު ދުވުންތަކުގެ ރާއްޖޭގެ ނެޝަނަލް އެތްލީޓު ނައުފަލްގެ ފުރަތަމަ ފުލް މެރަތަންއެވެ. އޭނާވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހާފު މެރަތަން ނުވަތަ 21 ކިލޯ މީޓަރުދުވެ، ގިނަ ކާމިޔާބީތަކެއް ރާއްޖެއަށާއި ބީބީ ރަނަރސްއަށް ހޯދައިދީފައެވެ.

މީގެއިތުރުން ހާފު މެރަތަންގައި ދުވި، ފުވައްމުލަކުސިޓީގެ ހައްމާދު ޝަފީގު ވަނީ އެ ކެޓަގަރީން 3 ވަނަ ހޯދާފައެވެ. ހައްމާދު ވަނީ ޓީއެފްޖީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ’ރަން އިން މޯލްޑިވްސް‘ ސިލްސިލާގައި ހިމެނިގެން ބާއްވާ ހުޅުމާލޭ ލޯންގ ރަންގެ ފުލް މެރަތަން ކެޓަގަރީގައި މިއަހަރު ދުވެ، އެހެންދުވުންތެރިން ފަހަތަށް ޖައްސާ، އެއްވަނަ ހޯދާފައެވެ. 

އައްޑޫމެރަތަންގައި ބީބީ ރަނަރސް އިން ދެން ހޯދާފައިވަނީ 10 ކިލޯ މީޓަރ ދުވުމުގެ 3 ވަނައެވެ. މިވަނަ ހޯދީވެސް ފުވައްމުލަކަަށް އުފަން ސުނާން އަޙުމަދު އެވެ. ސުނާންވެސް ވަނީ ޓީއެފްޖީ ސިލްސިލާގެ ’ރަން އިން ލާމު‘ ގެ 10 ކިލޯ މީޓަރގައިވެސް ދުވެ، ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. 

މީގެ އިތުރުންވެސް އައްޑޫ މެރަތަންގައި ދުވެ، ވަނައެއް ނުލިބުނަސް ބީބީ ރަނަރސްގެ ދުވުންތެރިން ވަނީ ރަނގަޅު ނަތީޖާތަކުން އެބައިވެރިންގެ ދުވުން ނިންމާ، އެބައިވެރިން ދުވި ކެޓަގަރީތަކުން އަމިއްލަ ރެކޯޑު ހަދާފައެވެ.  

ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތާއި ދުވުމުގެ މުހިންމުކަން އަންގައިރިނުމަށް އުފައްދާފައިވާ ބީބީ ރަނަރސްއަކީ ހޯމް މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ޖަމާޢަތެކެވެ. 

ޚާއްޞަކޮށް ޢުމުރުން ރުވަސްވީ މީހުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ބީބީ ރަނަރސްއިން އަންނަނީ ޒުވާން ދުވުންތެރިންނަށްވެސް ތަމްރީނުދީ އުފައްދަމުންނެވެ.

ރާއްޖޭގައި ބާއްވާ ހުރިހާ ދުމެއްގައިވެސް ބައިވެރިވާ ބީބީ ރަނަރސް އިން މީހުން ތަމްރީނުކޮށްދެނީ އެއްވެސް އަގެއް ނުނަގާ ހިލެއެވެ.

ބީބީ ރަނަރސް މި ހޯދި ކާމިޔާބީއަށް އެޓޯލްނިއުސްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

Rate this post

ޚިޔާލު 1 on "އައްޑޫ މެރަތަންގައި ބީބީ ރަނަރސްއިން 3 ކެޓަގަރީއަކުން ވަނަ ހޯދައިފި"

  1. މަރްހަބާ ބީބީ

Comments are closed.