ފީފާ ވޯލްޑްކަޕް 2018: ހެރީ ކޭންގެ ހެޓްރިކާއެކު ބޮޑު މޮޅެއްހޯދާ އިންގްލެންޑް ދެވަނަ ބުރަށް

ހެރީ ކޭންގެ ހެޓްރިކާއެކު ޕެނަމާގެ މައްޗަށް 1-6 އިން ކުރި ހޯދައި ވޯލްޑް ކަޕްގެ ދެވަނަ ބުރުން އިންގްލޭންޑް ޖާގައެއް ޔަގީންކޮށްފިއެވެ.

އިންގްލޭންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮށު އިންގްލެންޑުން ވަނީ މެޗުގެ ލީޑުނަގާފައެވެ. މެޗުގެ އަށްވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޯން ސްޓޯންސްއެވެ.  އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަމާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އިޝްތިހާރު Below Header ad

އިންގްލެންޑުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ. މި ޕެނަލްޓީ އިންގްލޭންޑަށް ލިބުނީ ޕެނަމާގެ ކުޅުންތެރިއަކު ޖެސީ ލިންގާޑަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

އިންގްލޭންޑުން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިންގާޑެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަމާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ސްޓޯންސް އިންގްލޭންޑް ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ކޭން ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފަސް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންގްލޭންޑުން ނިންމާލިއިރު މެޗުގެ 62 ވަނަ މިނެޓްގައި ކޭން ވަނީ އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. މިއަދުގެ މެޗުގައި ކޭން ކާމިޔާބުކުރި ތިން ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ. ޕެނަމާގެ ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފެލިޕޭއެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު އިންގްލޭންޑަށް ލިބިފައިވާއިރު ބެލްޖިއަމް އަށް ވެސް ހަމަ މި އަދަދަށް ވަނީ ޕޮއިންޓު ލިބިފައެވެ. މި ގްރޫޕުން އިންގްލޭންޑްގެ އިތުރުން ދެން ދެވަނަ ބުރަށް ދަތުރުކުރީ ވެސް ބެލްޖިއަމްއެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޕެނަމާ އާއި ޓިއުނީޝިޔާ އަށް ޕޮއިންޓެއް ލިބިފައި ނުވާއިރު އެ ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ދެވަނަ ބުރަށް އިންގްލޭންޑް ދަތުރުކޮށްފައިވާއިރު މި ގްރޫޕްގައި އެޓީމަށް ބާކީ އަދި އެއް މެޗު އެބައޮތެވެ. އެ މެޗުގައި އެޓީމުން ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ޕެނަމާ ބައްދަލުކުރާނީ ޓިއުނީޝިޔާއާއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.