ޚަބަރު ފީތާ

ރައީސުލްޖުމްހޫރިއްޔާ މާލެއަތޮޅުގެ ތިން ރަަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މާފުއްޓަށް ވަޑައިގެންފި

Photo: President Office

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލެއަތޮޅުގެ ތިން ރަަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މާފުއްޓަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު މިއަދު މެންދުރު އެރަށަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ.

މިދަތުރުފުުގައި ރައީސުލްޖުމްހޫރިއްޔާގެ ވަނީ މިއަދު ހެނދުނު ވަނީ ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި މިއަދު ހަވީރު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Rate this post