ޓިއުނީޝިއާގެ މައްޗަށް ކުރިހޯދާ ވޯލްޑް ކަޕްގެ ދެވަނަ ބުރު ބެލްޖިއަމް ޔަގީންކޮށްފިއެވެ.
މިއަދު ހަވީރު ޓިއުނީސިއާއާ ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ގިނަވަގުތު ބޯޅަހިފަހައްޓައިގެން ކުޅެފައިވަނީ ބެލްޖިއަމްއިންނެވެ. ބެލްޖިއަމްއިން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޑެން ހަޒާޑްއެވެ. ބެލްޖިއަމްގެ ދެވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
ލުކާކޫ ލަނޑުޖެހިތާ 2 މިނެޓުފަހުން ޓިއުނީސިއާއިނެ އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ފަރަގު ކުޑައިރިއެވެ. މި ލަނޑަކީ ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ބްރޮން ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ބެލްޖިއަމްގެ ތިންވަނަ ލަނޑު ލުކާކޫ ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރިއެވެ. މިއީ އޭނާ މި ވޯލްޑްކަޕުގައި ކުޅުނު 3 މެޗުގައި ކާމިޔާބުކޮށްދިން 4 ވަނަ ލަނޑެވެ. މި ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބެލްޖިއަމް އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ފަހުހާފުގެ 51 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑް އެވެ.
ހަޒާޑް މި ލަނޑު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހުލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ. މި ނަތީޖާއާއެކު ބެލްޖިއަމްއިން ދެވަނަ ބުރު ޔަގީންކުރިއިރު ޓިއުނީސިއާ ވަނީ މުބާރާތުން ކަޓާފައެވެ. އެޓީމު މުބާރާތުން ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.
މިއަދުގެ މޮޅާއިއެކު ބެލްޖިއަމް ކުޅުނު 2 މެޗުންވެސް މޮޅުވެ 6 ޕޮއިންޓް ލިބިގެން ގްރޫޕުގެ އެއްވަނާގައި އޮތީ ބެލްޖިއަމްއެވެ. އެންމެ ފުލުގައި ޕޮއިންޓެއްނުލިބި އޮތީ ޓިއުނީސިއާއެވެ. އެޓީމު ދެން ޕެނަމާއާ ބައްދަލުކުރާއިރު ބެލްޖިއަމް ބައްދަލުކުރާނީ އިންގްލެންޑާއެވެ.