ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓް ފޯމު ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެންނަނީ

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓް ފޯމު ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު ފަށައިގެން ކުރިއަށް ގެންދާ “ހިޔާ” މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން މިހާރު ނިންމާފައިވަނީ މި މަހުގެ 23 ވާ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.

އިޝްތިހާރު Below Header ad

“އަންނަ ހޮނިހިރު ދުވަސް (23 ޖޫން 2018)އިން ފެށިގެން އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 15:00އަށް، 16:00އިން 18:00އަށް އަދި 20:00 އިން 23:00އަށް” ހައުސިންގ މިނިސްޓްރީން ބުންޏެވެ. އަދި ކޮންމެ ހުކުރު ދުވަހެއް ބަންދުވާނެ ކަމަށާއި ހަފްތާގެ އެހެން ހުރިހާ ދުވަހެއްގައިވެސް މައުލޫމާތު ދިނުމާއި ފޯމު ބަލައިގަތުން އޮންނާނެ ކަމަށެވެ.

“ހިޔާ”ގެ ފޯމުތައް ބަލައިގަންނަން މި ޖޫންމަހުގެ 3 ވަނަ ދުވަހު ފެށި އިރު، މިހާތަނަށް ފޯމު ބަލައިގަންނަމުން އައިސްފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދު ފަހު 13:30 އަށް އަދި ރޭގަނޑު 21:00 އިން 23:00އަށެވެ. އަދި އޭރު ގަޑިތައް ކަނޑައަޅާފައިވަނީ ރޯދަމަހަށް ކަމަށްވާތީ އަލަށް ގެނައި ބަދަލާއެކު ފޯމު ބަލައިގަންނަ ވަގުތު އިތުރުވެގެން ދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އަޅަން ހަމަޖެހި މިހާރު ޢަމަލީ މަސައްކަތް ކުރިއަށްދާ 7000 ފުލެޓަށް ކުރިމަތިލުމުގެ ފުރުބަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމުތައް ބަލައިގަތުމަށް ދަރުބާރުގޭގައި 20 ކައުންޓަރެއް ޤާއިމުކޮށްފައިވާ އިރު، ނަންބަރު ދޫކުރަނީ ކިއުބީ އެޕް މެދުވެރިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.