
ސައޫދީއަރަބިއާ ބަލިކޮށް އުރުގުއާއީ ދެވަނަ ބުރަށް
މިރޭ ސައޫދީއަރަބިއާ އާ ދެކޮޅަށް ކުޅުމު މެޗު ކާމިޔާބުކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން އުރުގުއާއީ ޖާގަ ހޯދައިފިއެވެ.
އުރުގުއޭ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ މިރޭ ސައުދީ އަރަބިއްޔާގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ.
ގްރޫޕް އޭ އިން ދެވަނަ ބުރަށް އުރުގުއޭ ދަތުރުކޮށްފައިވާއިރު މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އުރުގުއާއީ ގެއިތުރުން މުބާރާތް ބާއްވާ ގައުމު ރަޝިއާވެސް ވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށް ދެވަނަބުރުން ޖާގަހޯދާފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އަދި އޮތީ ރަޝިޔާއެވެ. މި ގްރޫޕްގައި ދެން ހިމެނޭ މިސްރާއި ސައުދީ އަރަބިއްޔާ މުބާރާތުން ކެޓިއިރު އެ ދެ ޓީމަށްވެސް މިހާތަނަށް ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެހެން ނަމަވެސް މިސްރު އަދި ސައޫދީއަރަބިޔާއަށް ވެސް ބާކީ އަދި އެއްމެޗު އެބައޮތެވެ. މި މެޗުތަކުން މޮޅުވިނަމަވެސް މި ދެޓީމަށް ދެން ފުރުސަތެއްނެތެވެ.
މިރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އުރުގުއާއިއަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މިއީ އޭނާ ގައުމީޓީމަށް ކާމިޔާބުކޮށްދިން 51 ވަނަ ލަނޑެވެ.
ގްރޫޕް ސްޓޭޖުގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު އުރުގުއާއި ދެން ބައްދަލުކުރާނީ މުބާރާތް ބާއްވާގައުމު ރަޝިއާއާއެވެ. އަދި މިސްރު ބައްދަލުކުރާނީ ސައޫދީއަރަބިޔާއާއެވެ. މިސްރާ