ފީފާ ވޯލްޑްކަޕް 2018: ބެލްޖިއަމް އަދި ޕެނަމާ ބައްދަލުކުރާ މެޗަށް ބަލާލުމެއް

ޕެނަމާ އަދި ބެލްޖިއަމް ބައްދަލުކުރާމެޗަކީވެސް ބަލާލާހިއްވާކަހަލަ މެޗަކަށް ވެގެންދާނެއެވެ. މި ދެޓީމަކީ އަޅާ ކިޔޭވަރުގެ ދެޓީމެއްނޫނެވެ. ބެލްޖިއަމް އަކީ ތަރިންގެ ޓީމަކަށްވާއިރު ޕެނަމާއަކީ ވޯލްޑްކަޕުގެ ތަރޖުރިބާއެއް ނެއް މިފަހަރު އަލަށް ކޮލިފައިވި، މާ މަސްހޫރު ކުލުންތެރިންތަކެއް ތިބި ޓީމެއް ނޫނެވެ.

ބެލްޖިއަމް ޓީމަށް ބަލާއިރު އެޓީމު މިވަގުތު އޮތީ ފީފާ ރޭންކިންގެ 3 ވަނާގައެވެ. ބެލްޖިއަމް ވަނީ އެންމެ ފުރަތަމަ ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. އަދި އޭގެ ފަހުން 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. ބެލްޖިއަމް އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ލިބުމެވެ. އޭގެ ފަހުން ވާދަކުރި ވޯލްޑް ކަޕްތަކުގައި ބެލްޖިއަމް އަށް އެންމެ ދުރަށް ދެވުނީ ދެވަނަ ބުރާ ހަމައަށެވެ.

އިޝްތިހާރު Below Header ad

2002  ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ދެން ކުޅުނު ދެ ވޯލްޑް ކަޕްގައި ބެލްޖިއަމް ވާދައެއް ނުކުރެ އެވެ. އެއީ 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

އޭގެ ފަހުން ބެލްޖިއަމްގެ ރަނގަޅު ކުޅުންތެރިންތަކެއް އުފެދި، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.

ބެލްޖިއަމްގެ ކުޅޫންތެރިންނަށް ބަލާއިރު އެޑެން ހަޒާޑް، ރޮމެލޫ ލުކާކޫ ، ކެވިން ޑިބުރައިނާ ފަދަ މަސްހޫރު ކުޅޫންތެރިން ގިނައެވެ. އޭގެތެރއިން އެންމެ ފާހަގަކޮށްލެވެނީ ޗެލްސީއަށް ކުޅެމުންއަންނަ ހުނަރުވެރި ކުޅުންތެރިޔާ އެޑެން ހަޒާޑެވެ. އޭނާއަކީ ބެލްޖިއަމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވ

ބެލްޖިއަމްގެ ޓީމުގައި އެންމެ ނުރައްކާ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ޓީމުތަކުން ވެސް ފާހަގަކުރާނީ ހަޒާޑެވެ. ޤައުމީ ޓީމަށް 2014 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ހަޒާޑަކީ މެޗުގެ ނަތީޖާ ކޮންމެ ވަގުތެއްގައި ވެސް ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ލުކާކޫ އަކީ ވެސް ބެލްޖިއަމްގެ މުހިންމު ކުޅުންތެރިއެކެވެ.  އޭނާ ވަނީ ކޮލިފައިންގައި ވެސް ބެލްޖިއަމް އަށް މުހިންމު ލަނޑުތަކެއް ޖަހައިދީފަ އެވެ. ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 65 މެޗުގައި އޭނާ ވަނީ 31 ލަނޑު ޖަހައިފަ އެވެ.

ޕެނަމާ އަށް ބަލާއިރު ، އެޓީމު މިވަގުތު އޮތީ ފީފާ ރޭންކިންގެ 55 ވަނާގައެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ ޕެނަމާ ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ޕެނަމާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ފަސް ވަނަ ބުރުގެ ތިން ވަނަ މަޤާމު ހޯދައިގެންނެވެ. ޕެނަމާ މި މަޤާމު ހޯދީ ވަރުގަދަ އެމެރިކާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ޕެނަމާ އަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުވީ ކޮލިފައިންގެ ފަހު މެޗުގައި ކޮސްޓަ ރީކާ އަތުން 2-1 އިން ފަހު ވަގުތު މޮޅުވެގެންނެވެ. މިއީ ޕެނަމާގެ ފުޓްބޯޅައިގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބީ އެ ޤައުމުގައި ވަނީ ޤައުމީ ސިފައެއްގައި ފާހަގަކޮށްފަ އެވެ.

އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތްތަކުގައި ޕެނަމާ އަކީ ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ޓީމެކެވެ. އެ ޤައުމުން ވަނީ އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމަށްވާ ގޯލް ކަޕްގެ ދެވަނަ 2005 އަދި 2013 ވަނަ އަހަރު ހޯދައިފަ އެވެ. އަދި 2015 ވަނަ އަހަރު ތިން ވަނަ ހޯދިއިރު، އެންމެ ފަހުން އޮތް މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރި އެވެ.

ޕެނަމާ ޓީމުގައި މަސްހޫރު ކުޅުންތެރިންތަކެއް ނެއްނަމަވެސް ، ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން ޓެޔާޑާ އަކީ ޕެނަމާ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. 2001 ވަނަ އަހަރު ކެރިއަރު ފެށި ޓެޔާޑާ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 19 ކްލަބަށް ކުޅެފަ އެވެ.

ޓެޔާޑާގެ ކެރިއަރުގައި އޭނާ ވަނީ ދެކުނު އެމެރިކާ، އުތުރު އެމެރިކާ އަދި އޭޝިއާގައި ކުޅެފަ އެވެ. އުމުރުން 35 އަހަރުގެ ފޯވަޑް މިހާރު ކުޅެމުންދާ ޕެރޫގެ ފުރަތަމަ ޑިވިޝަންގަ އެވެ.

ޓެޔާޑާ ޤައުމީ ޓީމަށް ކުޅެން ފެށީ 2001 ވަނަ އަހަރެވެ. ޤައުމީ ޓީމަށް މިހާތަނަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، އޭނާ ވަނީ 40 އަށްވުރެ ގިނަ ލަނޑު ޖަހައިފަ އެވެ. ޓެޔާޑާ އަކީ ޕެނަމާގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ޕެނަމާގެ ކެޕްޓަން ލޫކަސް ބަލޯއީ އަކީ ވެސް ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ކްލަބުތަކުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އުމުރުން 36 އަހަރުގެ ބަލޯއީ އަކީ ޕެނެމާގެ ޓީމުގެ ޑިފެންސް ލައިންގެ މައި ތަނބެވެ. ޕެނަމާގެ ޤައުމީ ޓީމަށް 2001 ވަނަ އަހަރުން ފެށިގެން އޭނާ ވަނި 100 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ޕެނަމާ ކޮލިފައިކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

މި ދެޓީމަކީ މީގެކުރިން ވާދަވެރި މުބާރާތެއްގައިވެސް އަދި އެކުވެރިކަމުގެ މެޗެއްގައިވެސް ބައްދަލުކޮށްފައިވާ ދެ ޓީމެއްނޫނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.