މުޙައްމަދު ސަލާހު އަދި ސުއަރޭޒްގެ ކުރިމަތިލުން

ފުޓުބޯޅައިގެ ދުނިޔޭގައި މިވަގުތު ފިޔަޖަހަމުން އަންނަ އަލިގަދަ ތަރިންގެ ތެރޭގައި މުޙައްމަދު ސަލާހު ހިމެނެއެވެ. ހުނަރުވެރިކަމުގެ ގޮތުން ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަލާހުގެ ކުޅުމަށް ސަޕޯޓުކުރާ އަދި އޭނަގެ ޖާދޫއަށް އިންތިޒާރުކުރާ އެތަކެއް ބަޔަކު މިވަގުތު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންތިޒާރުގައި އެބަތިއްބެއެވެ. އެގޮތުން އެފަރާތްތަކަށް މިއަދުގެ މި މެޗު ވަރަށް ޚާއްްޞައެވެ. ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާލީގުގައި އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓު ހޯދާފައިވާ ހުނަރުވެރި ފޯވާޑަށް މިފަހަރުގެ މުބާރާތް ނުކުޅެވުމުގެ ބިރުވެސް ހީވިއެވެ. ނިމިގެން ދިޔަ މަހުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް ވޯލްޑްކަޕް ގެއްލިެއްޖެކަމުގައި ގިނަބަޔަކަށް ހީކުރެވުނު ނަމަވެސް މިވަގުތު އެ އަނިޔާއިން މުޅިން ރަނަގަޅުވެ ސަލާހު ހުރީ ޓީމާއި އެކު މިއަދުގެ މެޗު ކުޅެން ކެއްމަދުވެފައެވެ.

ސަލާހު ނިކުންނާނީ އުރުގުއޭގެ ބާސެލޯނާ ފޯވާޑް ލުއިސް ސުއަރޭޒް އާ ދެކޮޅަށެވެ. ސުރަޭޒް އަކީވެސް ސަލާހު ފަދަ އެފަދަ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް ތަޖުރިބާގެ ގޮތުން ސުއަރޭޒް އުޅެނީ ކުރީގައެވެ. ބާސާގައި ކާމިޔާބީތަށް ހޯދުމުގައި މުހިންމު ދައުރެއް އަދާކުރަމުންއަންނަ ސުއަރޭޒް މިއަދުގެ މެޗަށް ނިކުންނައިރު ހުރީ މުޅިން ފިޓްކޮށެވެ.

އިޝްތިހާރު Below Header ad

މިސްރުގެ ފުޓްބޯޅަ ޓީމަށް ބަލާލާއިރު،

އެފްރިކާ ފުޓްބޯޅައިގައި މިސްރަކީވެސް ފާހަގަކޮށްލެވޭ ވަރުގަދަ ބާރެކެވެ. މިސްރަކީ އެފްރިކާގެ ސަަރަހައްދީ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. އެގޮތުން އެފްރިކަން ކަޕް އޮފް ނޭޝަންސް ޖުމްލަ ހަތް ފަހަރު ކާމިޔާބުކޮށް، މި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު އުފުލައިލުމުގެ ޝަރަފް އޮތީވެސް މިސްރަށެވެ.

ނަމަވެސް ވޯލްޑް ކަޕްގައި މިހާތަނަށް މިސްރަށް މާ ބޮޑުކާމިޔާބީތަކެއް ލިބިފައެއް ނެތެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަަކަށް މިސްރު ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އަދި މިއީ މިސްރު ވޯލްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި ހަންގޭރީ އަތުން 4-2 އިން ބަލިވެ، މުބާރާތުން ކެޓީ އެވެ.

އިޓަލީގައި 1990ގައި އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މިސްރުން ވާދަކުރި އެެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން މިސްރު ވަނީ ބަލިވެފަ އެވެ.

މިސްރު މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮންގޯ އަތުން 2-1 އިން މޮޅުވެގެންނެވެ. މެޗުގެ ފަހު 10 މިނިޓުގެ ތެރޭގައި ކޮންގޯ އިން ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މިސްރަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްދިނީ މުހައްމަދު ސަލާހު އެވެ. މި މޮޅާ އެކު، މިސްރު ވަނީ ގުރޫޕް އީގައި ޔުގަންޑާގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައި، ބާކީ އެއް މެޗު އޮއްވައި ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ވޯލްޑް ކަޕަށް 1990ގެ ފަހުން ފުރަތަމަ ފަހަރަށް ކޮލިފައިވުމާ އެކު، މިސްރުގައި އެކަން ގައުމީ ފެންވަރެއްގައި ފާހަގަކުރި އެވެ.

މިސްރު ޓީމުގައި ތިބި މުހިންމު ކުޅުންތެރިން:

މި ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔަކީ ލިވަޕޫލުގެ ފޯވާޑް މުޙައްމަދު ސަލާހުއެވެ. މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިކޮށްދިން ލަނޑު ޖަހައިދިން ސަލާހަކީ މިސްރުގައި ބަތަލެކެވެ. މިސްރުގެ ގައުމީ ޓީމަށް 2011 އިން ފެށިގެން ކުޅެމުން އަންނަ ސަލާހް ވަނީ މިހާތަނަށް ކުޅުނު 56 މެޗުން 32 ލަނޑު ޖަހައިފަ އެވެ. އިޓަލީގެ އޭއެސް ރޯމާ އިން އިންގްލެންޑްގެ ލިވަޕޫލަށް 2017 ގައި ބަދަލުވެ، ސަލާހް ވަނީ މޮޅު ކުޅުމެއް ދައްކާ މީހުންގެ ސަމާލުކަން ހޯދާފައެވެ.  މިސްރުގެ ގައުމީ ޓީމާއި ލިވަޕޫލްގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2017 ގައި ލިބުނީ ވެސް ސަލާހަށެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައި ވަނީ އޭނާއާ އެވެ. ހަމަ އެހެންމެ، އިދިކޮޅު ޓީމުތަކުން އެންމެ ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭނެ ކުޅުންތެރިޔަކީ ވެސް ނުރައްކާތެރި މި ފޯވަޑެވެ.

ދެވަނަ ކުޅުންތެރިއަކީ މުހައްމަދު އެލްނެނީއެވެ.  އާސެނަލް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު އެލްނެނީ އަކީ މިސްރު ޓީމުގެ މިޑްފީލްޑްގައި މުހިންމު ތަނބެކެވެ. މިސްރުގެ އަލް މޮވަކްލޫން އިން ކެރިއަރު ފެށުމަށް ފަހު، އެލްނެނީ ބަދަލުވީ ސްވިޓްޒަލޭންޑްގެ ބާސެލްއަށެވެ. ޔޫރަޕްގައި އޭނާ ވިދާލީ ބާސެލްގަ އެވެ. އާސެނަލްއަށް އޭނާ ގެންދިޔައީ 2016ގަ އެވެ. އެލްނެނީ މިސްރުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރެވެ. މިހާތަނަށް އޭނާ ވަނީ 50 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެލްނެނީ ވާނީ މިސްރުގެ މުހިންމު ކުޅުންތެރިޔަކަށެވެ.

ތިންވަނަ ކުޅުންތެރިއަކީ ރަމަދާން ސޮބްހީއެވެ.  އިންގެލެންޑްގެ ސްޓޯކް ސިޓީ އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ރަމަދާން ސޮބްހީ އަކީ މި ވަގުތު މިސްރުގެ ގައުމީ ޓީމުގައި ހުރި އެންމެ އުންމީދީ ކުޅުންތެރިޔާ އެވެ. މިސްރުގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ އަލް އަހްލީގެ ޔޫތު ޓީމަށް ކުޅުމަށް ފަހު، އެ ކްލަބުގެ ސީނިއަ ޓީމުން ސޮބްހީ ޖާގަ ހޯދީ އުމުރުން އެންމެ 16 އަހަރުގަ އެވެ. އަލް އަހްލީގައި ސޮބްހީ ދެއްކި މޮޅު ކުޅުމާ އެކު، ޔޫރަޕްގެ ކްލަބުތަކުގެ ސަމާލުކަން އޭނާ އަށް ލިބުނެވެ. އިންގްލެންޑްގެ ސްޓޯކް ސިޓީ އަށް ސޮބްހީ ބަދަލުވީ 2016 ވަނަ އަހަރެވެ. ސޮބްހީ މިސްރުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015ގަ އެވެ.

ގުރޫޕް އޭގައި މިސްރާ އެކު ދެން އޮތީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އެވެ. މި ގުރޫޕުގެ ފެވަރިޓުންގެ ގޮތުގައި ބެލެވެނީ އުރުގުއޭއެވެ. ދެވަނަ ބުރުގެ ޖާގަައަކަށް ދެން ވާދަކުރާނެ ކަމަށް ބެލެވެނީ މިސްރާއި ރަޝިއާ އެވެ. ރަޝިއާ ރޭ ސައުދީއަތުން ތަފާތު ބޮޑުކޮށް މޮޅުވެ އުންމީދު އާކުރިއިރު، ރަޝިއާ އާއި މިސްރުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެއީ ދެވަނަ ބުރަށް ދިއުމުގެ ފެންވަރު ހުރި ޓީމެކެވެ. ހާއްސަކޮށް މުހައްމަދު ސަލާޙް މި އަހަރު ހުރި ފޯމުގެ ސަބަބުން މިސްރު ވާނީ އެންމެ ނުރައްކާތެރި އެއް ޓީމަށެވެ.

އުރުގުއޭ ޓީމަށް ބަލާއިރު ،

އުރުގުއޭއަކީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޝަރަފުވެރި ގައުމެވެ. އަމިއްލަ ގައުމުގައި 1930 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ އިތުރުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކުރި އުރުގުއޭއަކީ އަބަދުވެސް ވޯލްޑް ކަޕްގައި ވާދަކުރަމުންގެންދާ ގަދަ ބާރެކެވެ.

ދެކުނު އެމެރިކާގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އުރުގުއޭ ވަނީ ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް “ކޮޕަ އެމެރިކާ” ގެ ޗެމްޕިއަންކަންވެސް އެންމެ ގިނައިން ހޯދާ ރެކޯޑު ހަދާފައިވާ ޓީމެކެވެ. އުރުގުއޭ ގުނާ ލެވޭނީ އަބަދުވެސް ވޯލްޑް ކަޕުތަކުގައި ވާދަކުރާ ބޮޑެތި ބާރުތަކުގެ ތެރެއިން އެވެ. ހާއްސަކޮށް މިއަހަރުގެ ވޯލްޑް ކަޕްގައި ހިމެނިފައިވާ ގްރޫޕް “އޭ”އަށް ބަލާ އިރު، އުރުގުއޭއަކީ އެ ގުރޫޕުގެ ފޭވަރިޓުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އުރުގުއޭ އަދި ބްރެޒިލަކީ ދެކުނު އެމެރިކާ ސަރަހައްދުން މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ރަނގަޅު ނަތީޖާތަކަކާއެކު އައި ދެޓީމެވެ.

އުރުގުއޭ ޓީމުގެ މުހިންމު ކުޅުންތެރިން :

ލުއިސް ސުއަރޭޒް

ލުއިސް ސިއަރޭޒް އަކީ އުރުގުއޭ ޓީމުގެ އެންމެ ބޮޑު އުންމީދެވެ. ބާސާގައި ކާމިޔާނީތަކެއް ހޯދުމަށް ފަހު މިފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލިއިރު އޭނާ ހުރީ މިވަގުތު ރަނގަޅު ފޯމެއްގައެވެ. އެގޮތުން އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ބާސާއަށް ކުޅެދިން 33 މެޗުގައި 25 ގޯލް ކާމިޔާބުކޮށްދީފައެވެ.

އެޑިސަން ކަވާނީ

އުރުގުއޭއަކީ  ފާހަގަކޮށްލެވޭ ތަރިންތަކެއް އެކުލެވޭ ޓީމެކެވެ.  އެގޮތުން ބާސެލޯނާގެ ލުއިޒް ސުއަރޭޒްގެ އިތުރުން ޑިފެންޑަރު ޑިއޭގޯ ގޯޑީން ފަދަ ކުޅުންތެރިންނަކީ ޔޫރަޕްގައި ފާހަގަކޮށްލެވޭ ނަންތަކެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް އެންމެ ކާމިޔާބު ކަމަށް ގިނަ ބަޔަކު ދެކެނީ ޕީއެސްޖީގެ ފޯވަޑް އެޑިސަން ކަވާނީއެވެ.

އުރުގުއޭއީން މިއަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކަވާނީ ވަނީ 18 މެޗުން 10 ގޯލް ޖަހައިފައެވެ. ކަވާނީއަކީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޓޮޕް ސްކޯރާއެވެ. މި ސީޒަންގައި ޕީއެސްޖީއަށްވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކަވާނީއަކީ އުރުގުއޭގެ އެންމެ މުހިއްމު ކުޅުންތެރިއާއެވެ.

މިސްރު އަދި އުރުގުއޭގެ ބައްދަލުކުރުންތަށް :

މި ދެޓީމު މިހާތަނަށް ވާދަވެރި މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. މިހާތަނަށް މި ދެޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2006 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗުން 0-2 ގެ ނަތީޖާއިން މިސްރުގެ މައްޗަށް ކުރިހޯދާފައިވަނީ އުރުގުއޭއިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.