ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޖޫން ސެމިސްޓަރ ކޯސްތަކަށް ކުރިމަތިލުމަށް ފުރުޞަތު އިތުރުކުރުކޮށްފިއެވެ.
އެގޮތުން އެ ޔުނިވަރސިޓީން ބުނީ އެ ފުރުޞަތު ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު 56 ކޯހަކަށް ވަނީ އިޢުލާންކޮށްފައެވެ.
އޭގެތެރޭގައި މުޅިން އަލަށް ތަޢާރަފްކުރެވޭ ކޯސްތައްކަމަށްވާ މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ، އެޑްވާންސްޑް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވެލް އެންޑް ޓޫރިޒަމް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް ކޯސް ހިމެނެއެވެ.
މީގެ އިތުރުން ޤިރާޢަތު ކޯސް ލެވެލް 1،2 އަދި 3 ވެސް ވަނީ ޒަމާނީ ގޮތަށް ފަރުމާކޮށް، އެ ކޯހަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އިސްލާމިކް ފައިނޭންސް، ޝަރީޢާ އެންޑް ލޯ، އެޑިޔުކޭޝަން، ލީޑަރޝިޕް، ޤުރްއާން، އިސްލާމިކް ސްޓަޑީޒް، އަރަބި އަދި ލޭންގްއޭޖް ދާއިރާއިން ޕީ.އެޗް.ޑީ އިން ފެށިގެން ސެޓްފިކެޓް ލެވެލްއާ ހަމައަށް ކޯސްތައް ދަނީ ހިންގަމުންނެވެ.