2026 ވަނަ އަހަރުގެ ވަރލްޑް ކަޕް ބާއްވާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކަމަށް ފުޓްބޯޅައިގެ މައި އިދާރާ ފިފާ އިން ނިންމައިފިއެވެ.
މިގޮތަށް ނިންމީ މާދަމާ ފަށާ ވަރލްޑް ކަޕްގެ ކުރިން މިއަދު ބޭއްވި ފިފާގެ 68 ވަނަ ކޮންގްރެސްގައެވެ. ފިފާގެ ކޮންގްރެސްގައި ނެގި ވޯޓުގެ 67 ޕަސެންޓް ވޯޓު ކާމިޔާބުކޮށްފައިވާ އިރު، ވަރލްޑް ކަޕް ހޯސްޓު ކުރުމަށް އުތުރު އެމެރިކާގެ ޖޮއިންޓް ބިޑާ ދެން ވާދަކުރީ މޮރޮކޯއެވެ.
މެމްބަރު ޤައުމުތަކުގެ ތެރެއިން 134 ވޯޓް އުތުރު އެމެރިކާގެ ބިޑަށް ވަނީ ވޯޓު ދީފައެވެ. މޮރޮކޯ އަށް ލިބުނީ 65 ވޯޓު ލިބުނު އިރު، އެއް ޤައުމުން ވަނީ ވޯޓުގައި ބައިވެރިނުވެ ދޫކޮށްލާފައެވެ.
މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.