ތައްޔާރުތޯ

ކުރިމަތި މިލަނީ މި ދިރާސީ އަހަރުގެ ފުރަތަމަ ނަތީޖާ ދަރިވަރުނަނަށް ހަވާލު ކުރެވޭ ދުވަހައިއެވެ. ބެލެނިވެރިން އަދި ދަރިވަރުންނަވެސް އެހާމެ މުހިންމު ދުވަހެކެެވެ.

ލިބޭނަތީޖާ އަކީ ފޮނި ނުވަތަ ހިތިއެއްޗަކަށް ވުންވެސް އެކަށީގެންވެއެވެ. އެހެން ނަމަވެސް ހަނދުމަ ފުޅުބަހަޓަވަން ވާނީ ދަރިވަރުންނަށް އެލިބެނީ އެކުންދިން ކުރި ހިއްވަރުގެ ނަތީޖާ ކަމެވެ. ފަހަރުގައިވެސް ތިބޭފުޅުން ކުރިއުންމީދުގެ ނަތީޖާ ނޫންކަމެވެ.
ގިނަފަހަރުވަނީވެސް އެހެނެވެ. ބެލެނިވެރިޔާ ކުރަމުން ގެންދަނީ ވަރަވެސް ފޮނި އުންމީދެވެ. ނަމަވެސް ނަތީޖާ ލިބުނީމަ އެއުންމީދު ދަނީ ވެއްޔައްވެގެންނެވެ. ދެން އަނގައިން ބުނެވެނީ ގިނަފަހަރު ބުނަން އެއްމެ އެކަށީގެން ވާއެއްޗެއްނޫނެވެ.

އިޝްތިހާރު Below Header ad

ދުލުން ބޭރުވާ ބަހެއް އަނބުރާ ނުންގެންދެވޭނެއެވެ. ވިސްނާ ތަޔާރުވާންވީ މިކަމަށެވެ. ދުލުން އެބޭރުކުރާބަހުން ކުއްޖާޔާ ލިބިދާނެގެއްލުމަކުން ސަލާމަތްކޮށް، އެކުއްޖަކަށް ފައިދާއެކޮއް ދޭންށެވެ.
ގިނަފަހަރުވާގޮތަކީ ބަލައިލެވެނީ ކިތަށްމެ މޮޅުނަތީޖާޔަކަސް ދަށްވެފައިވާ ދާއިރާކަށެވެ.އަދި ފާހަގަކުރެވެނީވެސް އެކަމެވެ. އެގޮތަށް ކަންތަކުރުމުން ކުއްޖާގެ ހިތްވަރު އެލޭނެކަން ފަހަރުގައިވެސް ވިސްނާނުލެވެޔެވެ.

އޭގެ ބަދަލުގައި “ހާދަ މޮޅޭ ދެން އަން ނަފަހަރު ދެން ހުރި ދާއިރާތަކުން ވެސް މިވަރު ހޯދަންވާނެ ދޯ!” މިހެނެން ވިދާޅުވުމުން ކުއްޖާޔަ ލިބޭނީ އައު ހިއްވަރެކެވެ.

ދެން އެންމެ ގިނައިން ކުރެވޭ ކަމަކީ އެއްބަނޑު ނުވަތަ އެއްވަރުގެކުދިންނައި އަޅައި ކިޔުމެވެ. މީގެ ސަބަބުން ކުދިން ގެ ހިތުގަ އަނެއް ކުއްޖާޔަށް އުފެދެނީ ނަފްރަތެކެވެ. އެކަން ބަދަލު ވެގެން ދަނީ ހަސަދަޔަށެވެ. އަދި މި ނިމުނީކީނޫނެވެ، އެ ރައްދުވައި މޮޅު ކުއްޖާ ވަނީ “ފޮނި” ނުވަތަ ވެވެނީ ކިބުރުވެރިކަމެކެވެ. މި ދެކުދިންނަވެސް މިކުރެވެނީ ނޭދެވޭ އަސަރެވެ. އޭގެ ޒާތުގައި މި އިހްސާސް ތަކަކީ އެކުންދިންގެ މުސްތަޤްބަލްގައިނޭދެވޭ އަސަަަރުތަކެެެެއް ކުރާނެކަންތަކެވެ.މީގެ ބަދަލުގައި ނަތީޖާ މިއައްވުރެއް ދެން އަންނަފަހަރު ރަނގަޅުކުރަން ވާނެ ދޯއޭ މަސަކަތް ކުރަން އަދި އުނދަގޫ ވާތަންތަން އެހެން ކުދިންކައައިރީން އަހައި ސާފްކުރަންވާނެދޯއޭ، ވިދާޅުވެ ހިއްވަރުދޭންވާނެއެވެ.
ދެން މިބަލައި ލެވެނީ އެންމެ ނުރަކާތެރި ކޮށް ކުރެވޭ އަދި ދުލުން ބޭރުކުރެވޭ ކަމަކަށެވެ. އެއީ ކީއްވެތޯ އެހެންކުޖަކު މޮޅުވެފަ ދެން ހުރި ކުއްޖެ ދެރަވާންވީ، އެއީ އެމޮޅުވި ކުއްޖަކީ “އަސްލު” އެހާ މޮޅު ކުއްޖަކަށް ނުވާތީވެތޯއެވެ؟ މިސުވާލަކީ އޭގެޒާތުގައި ކިހާނުކަރާތެރި ސުވާލެއްކަމެއް ފަހަރުގައި ނުވިސްނެނީ ކަމަވެދާނެއެވެ. އެބުނި އެހައި މޮޅުނޫންކުއްޖާގެ ބެލެނިވެރިޔާ އަދި ޙުދް އެކުއްޖާޔަށް އެ އަޑު މީހެއްގެ ފަރާތުންވިޔަސް ރަށްދުވެއްޖެއްޔާ ނުހަނުމެ އަސަރްކުރާނެއެވެ. އެ ކުއްޖާވާނެ ދެރަ އެއްކިބައިގަ އޮވައި ބެލެނިވެރިޔާގެ ހިތުންވެސް ފޮހެލަންއުނދަގޫވާާާނެ ކަމަކަށް ވާނެއެވެ. ދެން ވިސްނާލަށްވާ ކައިރީގައި ހުރި ދަށްވިކުއްޖާ، އެކުއްޖާގެ ހިތުގައި އުފެދޭނެ ޝުއޫރުތަކާ ދޭތެރޭގަ, އެކުއްޖަކު ކައިރީ ބުނެވޭފަދަ “އަޅާނުލައިށޭ މި ބޭއިންސާފްއިން ހިނގައިފައިވާކަމެކެެެެވެ”. އެހެން ވެއްޖެެެެެއްޔާ އެކުއްޖަކު ދެން އަންނަ ފަހަރުގާ މަސައްކަތް ނުކުރުންވެސް އެކަށީގެންވެއެވެ. ނޫންނަމަ އެގޮތަށް ޤަބޫލުކޮށް ދެން ހުރި ކުއްޖަކަށް ނަފްރަތު ކޮށް އަމިއްލައަށް މާމޮޅުވެގެން ދެން ލިބޭނަތީޖާ މާދަށް ވުންވެސް އެކަށީގެންވެއެވެ.
ލޮބުވެތި ބެލެނިވެރިންނެވެ! މި ބަޔާން ކުރެވުނު ކަންތަކައި ކުޑަކޮށްނަމަވެސް ވިސްނައި ފިކުރުކޮށްލައްވައި މިކަންތަކަށް ތައްޔާރުވެ މިކަންބަދަލު ކުރަމައިތޯއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.