ދުނިޔޭގެ ކަނޑުތަކުގައިވާ މަހަށްވުރެ، ޕްލާސްޓިކް ކުނި ގިނަވެދާނެކަމަށް ދިރާސާތަކުންދައްކާ: ތާރިޤް އިބްރާހިމް

ދުނިޔޭގެ ކަނޑުތަކުގައިވާ މަހަށްވުރެ، ޕްލާސްޓިކް ކުނި ގިނަވެދާނެކަމަށް ދިރާސާތަކުން ދައްކާކަމަށް ރާއްޖޭގެ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުއްވި ޚިޠާބުގައެވެ.

އިޝްތިހާރު Below Header ad

ވަޒީރު ވިދާޅުވީ މިފަދަ ކުނީގެ އާޚިރި މަންޒިލަކަށް ކަނޑުތަކާއި ގޮނޑުދޮށްތައްވެފައިވާކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ނުގެނެވިއްޖެނަަމަ، ކަނޑުމަތީގެ ހުރިހާ ނަސްލެއްގެ ކެއުމުގެ ތެރޭގައި ކުންޏަށް އުކާލެވޭ ޕްލާސްޓިކް ހިމެނިގެންދާނެކަމުގެ އިންޒާރަކީ ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ލިބޭނެ ވަރަށްބޯޑު ގެއްލުމެއް ކަމަށެވެ.

“ދުނިޔޭގެ ނިސްބަތުން 5 ވަނައަށް އެންމެ މުއްސަނދި ފަރުގެ ނިޒާމު ދިވެހިންނަށް މިންވަރުކުރައްވާފައިވާއިރު، މި ނާޒުކު ފަރުތަކުގެ ދުޅަހެޔޮކަމަކީ މި ޤައުމުގެ އިޤްތިޞާދު އޭގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަމާއި މަސްވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް” ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.