
ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފި
ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރު 3 ގެ ބީ ބްލޮކް ކައިރީ އޮތް ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ރޭ 02:17 ހާއިރު ލިބުމާ އެކު، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ 02:39 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވި ކާރު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. އަދި، އެ ކާރު ކައިރީ އޮތް އިތުރު ކާރަކަށް ވަނީ ހޫނުގެ އަސަރުކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.



