ގދ. ފަރެސްމާތޮޑާގެ އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ ތެރެއިން 4 މިލިއަން ރުފިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، ސަރުކާރަށް ދީފިއެވެ.
އެއީ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ހަތަރު މިލިއަން ޑޮލަރު، (61.68 މިލިއަން ރުފިޔާ) އެވެ. އަދި އެފައިސާ ސަރުކާރަށް ދީފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ލޯނަކީ އެއްވެސް އިންޓެރެސްޓަކާނުލާ ދިން ލޯނެއް ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިނިސްޓަރ ވިދާޅުވީ އެއީ ”ސަރުކާރަށް ފަސޭހަ ވަގުތެއްގައި ދައްކާ ގޮތަށް ދިން ލޯނެއް،“ ކަމަށާއި ސަރުކާރަށް ދަތިވާ ވަގުތުތަކުގައި އުއްޗުގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށެވެ.
ދިވެހި ސަރުކާރަށް މި ލޯނު ދީފައިވާ އިރު، އުއްޗު ހިއްސާވާ ކުރެއްދޫ ހޯލްޑިންގސް އަށް މިދިޔަ ހަފްތާ ވަނީ ޅ. މަޑިވަރުގައި އެއަރޕޯޓެއް ތަރައްޤީކުރަން ހަވާލުކޮށްފައެވެ.