ޚަބަރު ފީތާ

ފަރެސް މާތޮޑާގައި އެއަރޕޯޓު އެޅުމަށް 2.5 މިލިއަން ޑޮލަަރަށް ގަލްފް ކޮބްލާ ޓެންސްއާ ޙަވާލުކޮށްފި

ގދ. ފަރެސް މާތޮޑާގައި އެއަރޕޯޓު އެޅުމަށް 2.5 މިލިއަން ޑޮލަަރަށް ގަލްފް ކޮބްލާ ޓެންސްއާ ޙަވާލުކޮށްފިއެވެ.

އެ ކުންފުންޏާއި މި މަސައްކަތް ޙަވާލުކުރީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތް ނިންމުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވީނަމަވެސް ކޮންޓްރެކްޓަރ ބުނީ ދެ މަހާއި ބައި ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ފަރެސްމާތޮޑާގައި މަސައްކަތް ފަށާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަދަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ގއ. އާއި ގދ. އަތޮޅަކީ ދަތުރުފަތުރުގެ ކަންތައް އުނދަގޫ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި އެއަރޕޯޓުތައް އޮތުން މުހިންމު ކަމަށެވެ. އަދި އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެއަރޕޯޓަކީ މުހިންމުތަނެއް ކަމަށާއި އެ ސަރަހައްދުގައި އެއަރޕޯޓު އެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފުރިހަމަވީ ކަމަށެވެ.

މިނިސްޓަރ އިތިރަށް ވިދާޅުވީ ބިން ހިއްކައި ނިމުމުން އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށާއި މިހާރު އެ މަސައްކަތް ކުރާ ސަރަހައްދުގެ ސާރވޭ ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު އީއައިއޭގެ މަސައްކަތްވެސް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

 

ގދ. މާވާރުލުގައިވެސް އެއަރޕޯޓު އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު، މިއަހަރުގެ މިހާތަނަށް 8 ރީޖަނަލް އެއަރޕޯޓުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

Rate this post