ރ.އަތޮޅުގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ކުޅިވަރު ސާމާނުގެ އުފާވެރިކަން!

ޔޫތު މިނިސްޓްރީ އިން ރ.އަތޮޅު ހުރިހާ ރަށްތަކަށް ކުޅިވަރު ސާމާނު ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ރ.އަތޮޅު ރަށްރަށަށް ދަތުރު ކުރެއްވި އެ މިނިސްޓްރީގެ ކޯޑިނޭޓަރ އަހްމަދު ރީހާން ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށްވާ އާބާދީ ކިތަންމެ ބޮޑަސް ކުޑަޔަސް އެއްވެސް ޒުވާނަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ރ.އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ޒުވާނުންނަށް ވާނީ ކުޅިވަރު ސާމާނު ހަވާލުކުރެވިފައެވެ.

\މީގެ އިތުރުން ރީހާން ވިދާޅުވިގޮތުގައި ކުޅިވަރު ސާމާނު ހަވާލުކުރުމުގެ އިތުރުން ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުތަކުގައި އަނދާފަ ހުރި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރެވިފައިވެއެވެ.

އިޝްތިހާރު Below Header ad

“އުނގޫފާރުގެ ފުޓްސަލް ދަނޑުގެ އަނދާފައި ހުރި ލައިޓްތައް މިހާރު މިވަނީ ބަދަލުކުރެވި ޒުވާނުން މި ދަނޑުގެ ބޭނުން ހިފަމުން. އެގޮތުން އުނގޫފާރުގައި މިވަގުތު ކުރިޔަށްދާ ޕޮލިސް ފުޓްސަލް ކަޕް 2018 އަޅުގަނޑު ފާހަގަކޮށްލަން. ރ.ވާދޫ ފުޓްސަލް ދަނޑުގައި އަނދާފަ ހުރި ލައިޓްތައްވެސް ބަދަލު ކުރެވިއްޖެ. މިދަތުރުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ ޒުވާނުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ބޭނުންވާކަން. ރައީސް ޔާމީން ޒުވާނުންނަށް ކޮށްދެއްވާ ކަންތައްތައް އުފަލާއެކު ބަލައިގަނޭ. މިދަތުރުތަކުގައި އަޅުގަނޑުމެންނާއި އެކު ބައިވެރިވި އުނގުފާރޫ ޒުވާނުންގެ މަރުކަޒާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން އިރުފާންގެ މިންނެތް މަސައްކަތްވެސް އަޅުގަނޑު ފާހަގަކުރަން” ރީހާން ވިދާޅުވިއެވެ.

މިދަތުރުގައި ރީހާން އާއި އެއްކޮށް ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހީމް އަލީ ވިދާޅުވިގޮތުގައި ދުވާފަރު ފުޓްސަލް ދަނޑަށް ބޭނުންވާ ލައިޓްތައްވެސް ވަނީ ހަވާލުކުރެވިފައެވެ. އަދި ރ.އަތޮޅުގައި ޒުވާނުންގެ މަރުކަޒުތައް ގާއިމްކޮށްފައިވާ ތިން ރަށް ކަމަށްވާ އުނގޫފާރާއި މާކުރަތު އަދި ވާދޫގެ އިތުރުން ޒުވާނުންގެ މަރުކަޒުތައް ނެތް ރަށްރަށްވެސް ކުޅިވަރުގެ ސާމާނު ހަވާލުކޮށްފައިވާކަމަށް އިބްރާހިމް އަލީ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ހަވާލުކޮށްފައިވާ ކުޅިވަރު ސާމާނުގެ ތެރޭގައި ފުޓްސަލް ބޯޅަ، ފުޓު ބޯޅަ، ބެޑްމިންޓަން ކުޅޭ ސާމާނު، ބަށި، ބާސްކެޓް، ޓީޓީ، ޑާރޓް، ރާޒުވާ އަދި ބިލިޔާރށް ކުޅޭ ސާމާނުވެސް ހިމެނޭ. މި ފުރުސަތުގައި ހުރިހާ ރަށެއްގެ ކައުންސިލާއި މުއައްސަސާތަކާއި ވަކިން ޚާއްސަކޮށް އެރަށެއްގައި ދިރިއުޅޭ ޒުވާނުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” އިބްރާހީމް އަލީ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އަންނަނީ ރޯދަމަސް ފެށުމާއިއެކު އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކޮށް ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ސާމާނު ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ އެއް ވައުދު ކަމަށްވާ ސްޕޯޓްސް އެރީނާގައި ހިމެނޭ ކުޅިވަރުގެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެތަން ތަނަށް ބޭނުންވާ ލައިޓްތައްވެސް ދަނީ ހަރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.