ޚަބަރު ފީތާ

ކިޔަވަންވީ ބެލެނިވެރިން 2

21 މެއި 2018 އާ ގުޅޭ…

ދެން އުފެދޭނެ ސުވާލަކީ، މުދައްރިސެއް ބޭއިންސާފުން ކަމެއްކުރުމުން އެވާހަކަ ނުދަކާ ކުރާނީ ކީތޯއެވެ؟ އަޅުގަނޑު މިދަންނަވަނީ އެވާހަކަ ވަންހަނާ ކުރާވަހަކައެއް ނޫނެވެ.

ނަމަވެސް ދަރިވަރުގެ ކުރިމަތީ ނުވަތަ އެއިން ކުޖަކަ އިވޭހިސާބުގަ ނުދައްކާވާހަކައެވެ. އެއީ އޭގެ ސަބަބުން އެކުޖަކަ ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމައްޓަކައެވެ.

ދަރިވަރަކު ޝަކުވައި އެއް ކޮއްފިނަމަ، އޭގެ ތަފްޞީލް ހޯދާށެވެ. ދެން އެކަމަށް އެންމެ އެކަށޭނެ ވަޤުތުގައި އެވާހަކަ ދައްކައި، ނަޞޭޙާތްތެރިވާށެވެ. ނަސޭހަތް ބަރޯސާވާނީ އެކުއްޖަކު ޙިއްސާކުރާވާހަކަޔަކަށެވެ.

މިސާލަކަށް، މުދައްރިސަކު އެހެން ކުއްޖެއްދެކެ ”މާ ލޯބިވަނީ“، އެހެންވެޖެއްޔާ އެއީ އެކުއްޖަކަށް ހީވާގޮތް ކަމަށް ނުވަތަ އެކުއްޖަކު އުޅޭލެ ރަނގަޅުކަމުން ކަމަ ދަރިވަރަކު ކައިރީ ބުނެވިދާނެއެވެ. އަދި އެދަރިވަރުވެސް މުދައްރިސްގެ ލޯބި ހޯދުމަށް ބޮޑަށް ކިޔެވުމަށް އަދި ކިލާހުގައި ބަސްއެހުމަށް ހިއްވަރު ލައިދެވިދާނެއެވެ.

އެހެން ނަމަވެސް ޙަޤީޤަތުގައިވެސް އެހެން ވެދާނެކަމަށް  ސަމާލިވެ އެކަންކަން ހިނގާ ނުހިނގާ ގޮތް ބެލުން ރަނގަޅޭވެ. އަދި އެހެނިހެން ގޮތް ގޮތުން ވެސް އެކަމެއް ”ހައްދުން ނަޓާ“ ތޯ ބަލަން ވާނެއެވެ. އެކަމެއް ތަކުރާރްވަންޔާ، އެ މުދަރިސަކާ ރީތި ބަހުން ހިއްސާކޮލެވިދާނެއެވެ. ނޫން ނަމަ ”ލީޑިން“ މުދައްރިސަކާ ނުވަތަ އެހެންވެސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮލެވި ދާނެއެވެ.

އެހެން ނަމަވެސް ހަނދުމަފުޅު ބެހެޓެވުން މުހިންމު ކަމަކީ ނުވަތަ ސަމާލުވެލައްވަންވީ ދަރިވަރަށް މިކަން ނުއެންގުމަށެވެ. ދެން ދިމާވާ އަނެއް ކަމަކީ، ދަރިވަރަކަށް ކިލާހުގައި ކިޔާދޭ އެއްޗެއް ސާފް ނުވުމުން، އެހިސާބުން މުދަރިސެއް ގޯސް ވެ، ބަދަލް ކުރަން ބޭނުންވެ، އަދި ނުވީތާކަށް ދަރިވަރަށް ވެސް އިޙްސާސް ކޮށްދެވެނީ އެ މުދަރިސް ގެ މަސަލަޔެއް ހުންނަކަމަށެވެ. ނަމަވެސް ހިތާމަޔަކީ ހުރިހާ ދަރިވަރުންގެ ވިސްނުން އެއްވަރު ނުވާނެކަމާއި ކިލާހުގައި ނަގައިދޭ ފިލާފަޅު ފަހުމް ފުމުގައި އެކި ކުދިން އެކި ވަރު ވާނެކަން އަޅުގަނޑޫމެން ބެލކެނި ވެރިންނަށް ނުވިސްނޭކަމެވެ.

އާއެކެވެ. މިވެސް ދިމާވާ ކަމެކެވެ. ހުރިހައި މުދަރިސުން ނަކީ އެއްފެންވަރެގެ ބައެނޫނެވެ. އެކި ފެންވަރުގެ އެކި ހުނަރުގެ ، އެކި ގޮތް ގޮތަށް އުންގަންނައިދޭ މުދަރިސުންނެވެ. ފަހަރުގައި އެލިބޭ ކުޑަވަގުތު ތެރޭގައި ހުރިހައި ކުދިންނަ ވިސްނޭވަރަށް ނުބުނެދެވިދާނެއެވެ. އޭގެމާނަ އެނޫން ދަރިވަރު ކުރިމަތީ މުދަރިސް ގޯސް ކުރައި ށޭ!! އޭރުން އަނެއްކައި މިދެވޭނީ ދަރިވަރަށް ވަރަ ނުބައިވެގެން ވާ ފިލާވަޅެކެވެ.

ނުނިމޭ..

ކުރީގެބައި ވިދާޅުވުމަށް މިލިންކަށް ފިތާލައްވާ 

Rate this post

ޚިޔާލު 1 on "ކިޔަވަންވީ ބެލެނިވެރިން 2"

  1. އިބްރާހިމް | މެއި 30, 2018 at 16:42 |

    ސަޅި ލިޔުމެއް. މައުލޫމާތު ރަގަޅު

Comments are closed.