އެއްލަކިން ލައިސަންސްގައި މިހާތަނަށް 700އަށްވުރެ ގިނަ ފަރާތަށް ލައިސަންސްދީފި

އެއްލަކިން ލައިސަންސްގައި މިހާތަނަށް 700އަށްވުރެ ގިނަ ފަރާތަށް ލައިސަންސްދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ޒުވާނުންނަށް ޑްރައިވިންގ ލައިސަންސް ދިނުމަށް ބާއްވާ ’އެއްލަކިން ލައިސަންސް“ ޕްރޮގްރާމުގައި މި މަހުގެ 25 އަދި 26 ގައި 1394 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 746 ފަރާތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއްދުވަހުން ޑްރައިވިންގ ލައިސަންސް ދިނުމަށް ފެށި މި ޕްރޮގްރާމުގައި އެތައް ބަޔަކު ވަނީ ޕްރޮގްރާމް ފެށުމުގެ ކުރިން ކިޔޫގައި ޖެހިފައެވެ. އޭގެ ތެރޭގައި އެކި ޢުމުރުގެ އަންހެނުންނާއި ފިރިހެނުން ތިއްބެވެ. އަދި މި ޕްރޮގްރާމުގައި ސައިކަލް، ކާރު އަދި ޕިކަޕްގެވެސް ލައިސަންސް ނެގޭެނ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މި ޕްރޮގްރާމުގައި ޑްރައިވިންގ ޓެސްޓް ކުރިއަށް ގެންދާނީ މިހާރު އޮންނަ ގޮތަށް ވުރެ ފަސޭހަކޮށް ކަމަށާއި މި ހަރަކާތުގައި ބައިވެރިވުމަށް ފޯމާއި ޑްރައިވިންގ ލައިސަންސަށް އެދޭ ފޯމު ހުށަހަޅަންޖެހޭ އިރު، އެ ފޯމުތަކުގައި ޖަހަން ބޭނުންވާ ފޮޓޯ އާއި ސްޓޭމްޕާއި އައިޑީ ކާޑު ކޮޕީ ނެގުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހުުރަވީ ބިލްޑިންގ ގެ ތިރީގައި ހަމަޖައްސާފައިވާ ކަމަށެވެ.

މި ހަރަކާތުގައި ތިއަރީ ޓެސްޓާއި ލައިސަންސް ކާޑަށް ދައްކަން ޖެހޭ ފީގެ އިތުރުން އެހެން އެއްވެސް ފީއެއް ނުނަގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެެހެން ރަށްރަށުގައިވެސް އެ ޕްރޮގްރާމް ހިންގާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.